އާރްއެސްއެެސްގެ ކޭމްޕްގައި މީހަކު ރޭޕްކުރި މައްސަލަ ތަހުގީގު ކުރުމަށް ގޮވާލައިފި

އިންޑިއާގެ ހަރުކަށި އާރްއެސްއެސްގެ ކެރަލާ ކެމްޕްގައި ހިނގާފައިވާ ރޭޕްގެ މައްސަލަ ތަހުގީގު ކުރުމަށް އިދިކޮޅު ލީޑަރު ޕްރިޔަންކާ ގާނދީ ގޮވާލައްވައިފިއެވެ. އާރްއެސްއެސްގެ ބަޔަކު ވަނީ އައިޓީ ޕްރޮފެޝަނަލަކު ރޭޕްކޮށްފައެވެ. އަދި އޭނާ ދަންޖެހެމުން ލިޔުނު ނޯޓުގައި ބުނެފައި ވަނީ އެފަދަ ރޭޕްގެ ހާދިސާތައް އާރްއެސްއެސްގެ މުޅި އިންޑިއާގެ ކޭޕްތަކުގައިވެސް އާންމު ކަމަށެވެ. އަދި އޭނާ ދަން ޖެހިފައި ވަނީ ނަފްސާނީ ގޮތުން އޭނާއަށް އެކަން ތަހައްމަލު ނުކުރެވުމުން ކަމަށް ބުނެފައި ވެއެވެ.

އާރްއެސްއެސްއަކީ ވެރިކަން ކުރާ ބީޖޭޕީއަށް މީހުން ތަމްރީނުކޮށްދޭ ހަރުކަށި ހައްދުފަހަނައަޅާފައިޥާ ހިންދީ ޖަމާއަތެކެވެ. މިނިވަން އިންޑިއާގައި ހިންގާއިވާ އެންމެ ފުރަތަމަ ޓެރަރިސްޓް ހަމަލާ ކަމަށްވާ މަހާތުމާ ގާނދީ އަވާހަރަކޮށްލި މީހާއަކީވެސް މި ޖަމާއަތަށް ނިސްބަތްވާ މީހެކެވެ.

ހިއްސާ ކުރައްވާ!