އއެމެރިކާގެ ރައިސްގެ ވާހަކައިގައި ފަލަސްޠީނުގެ މިނިވަން ދައުލަތެއްގެ ވާހަކައަކަށް އިޘާރާތެއް ނުކުރެއްވިއެވެ،. އެއަށް ވާހަކަދައްކާކަށްވެސް ބޭނުމެއް ނުވިއެވެ.
ޓްރަމްޕް ރިޕީޓު ކުރީ ޔަހޫދީން ދައްކާ ވާހަކަތަކެވެ،.
"މިއީ އެމީހުންނަށް ޓެރަރިޒަމް އާއި އަނިޔާވެރިކަމުގެ މަގުން އަބަދަށްޓަކައި އެނބުރި އައުމަށް ފުރުސަތެއް. އެއީ ހައްދުފަހަނަޅާފައިވާ ކަމެއް – އެމީހުންގެ ތެރޭގައި ހުރި ނުލަފާ ބާރުތައް ބޭރުކޮށްލައި އަރުވާލަން ޖެހޭ، އަދި އަޅުގަނޑަށް ހީވަނީ އެކަން އަވަހަށް ވާނެހެން،"
ފަލަސްޠީނު މީހުން ވަނީ 80 އަހަރު ވަންދެން ފޭރިގެންފައިވާ އެމީހުންގެ ދައުލަތް އުފެއްދުމަށް ހުވަފެން ދެކެފައެވެ. ނަމަވެސް އެކަމަށް ޓްރަމްޕް ވާހަކަ ދައްކާކަށް ބޭނުމެއް ނުވިއެވެ.
"ފަލަސްތީނަށް އިޚުތިޔާރު ކުރަން ޖެހޭ މަގު މިއަށްވުރެ އިތުރަކަށް ސާފެއް ނުވާނެ" އެމެރިކާގެ ރައީސް ބުންޏެވެ.
ޓްރަމްޕް ވިދާޅުވީ ފަލަސްޠީނުގެ (ހަތިޔާރު އެޅި ފަރާތްތައް) ބޭރުކޮށް އަރުވާލަން ބޭނުންވާ މީހުންނާ "މިދިޔަ ދެތިން މަސް ދުވަހުގެ ތެރޭގައި އެކަން ވާތަން (އެމީހުން ބޭރުކޮށްލާތަން) ބަލަން ބޭނުންވާ ބައެއް މީހުންނާ ބައްދަލުވި. އަދި މަރާއި ވޭނާއި ދަތިތަކަށް ފަހު މިހާރު މިއީ އިސްރާއީލު ރޫޅާލަން މަސައްކަތް ކުރުމުގެ ބަދަލުގައި އެމީހުންގެ ރައްޔިތުން ބިނާކުރުމަށް ސަމާލުކަން ދޭންވީ ވަގުތު." އިސްރާއީލަށް ޖެނޮސައިޑް ހިންގަން ދޭ އަސްކަރީ އަދި ޑިޕްލޮމެޓިކް ތާއީދާއެކު އެމެރިކާއަކީ މި ސަރަހައްދުގައި އަނިޔާވެރިކަން ހިންގުމުގެ މުހިންމު ބާރެއްގެ ގޮތުގައި ދެމިއޮތް ގައުމުކަން މުހައްލިލުން އަބަދުވެސް ބުނެއެވެ.






