އިންޑިއާއަށް އެމެރިކާގެ ސަފީރު ކަމަށް ހަމަޖައްސާ ސާޖިއޯ ގޯރ، ވަނީ އިންޑިއާގެ "މިނިވަން އަދި ހުޅުވިފައިވާ އިންޑޯ-ޕެސިފިކް" ސަރަހައްދުގެ ސިޔާސަތަށް ތައުރީފު ކުރައްވާފައެވެ. އޭނާ ވަނީ އިންޑިއާގެ ގައުމީ ސަލާމަތާ ބެހޭ މުޝީރު އަޖިތު ދޯވަލްއާ ބައްދަލުކުރައްވައިފައެވެ. އިންޑިއާއިން ބުނިޮތުގައި މި ބައްދަލުކުރެއްވުމަކީ ދެ ގައުމުގެ ދެމެދުގައިވާ ސްޓްރެޓީޖިކް ގުޅުންތައް ހަރުދަނާ ކުރުމަށް މުހިންމު ސިޔާސީ ބައްދަލުވުމެއް ކަމަށެވެ.
ގޯރ އިންޑިއާއަށް ކުރައްވާ ދަތުރަކީ އިންޑިއާގެ އިސްވެރިންނާ ބައްދަލުކުރައްވައި ތަޢާރަފްވުމުގެ ދަތުރެކެވެ. މިދަތުރުގައި ދިފާއީ ދާއިރާއާއި ވިޔަފާރިއާއި، އަދި ޓެކްނޮލޮޖީގެ ދާއިރާތަކުން ދެގައުމުގެ ދެމެދުގައި އޮންނަ ގުޅުން އިތުރަށް ވަރުގަދަކުރުމަށް މަޝްވަރާކުރެއްވިއެވެ.
ގޯރ ވަނީ އިންޑިއާގެ ފޮރިން ސެކްރެޓަރީ ވިކްރަމް މިސްރީ، ޚާރިޖީ ވަޒީރު އެސް. ޖައިޝަންކަރު، އަދި ބޮޑުވަޒީރު ނަރެންދުރަ މޯދީއާ ބައްދަލުކުރައްވާފައެވެ.
ބޮޑުވަޒީރު މޯދީއާ ބައްދަލުކުރެއްވުމަށްފަހު، އޭނާ ވިދާޅުވީ، އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަންޕް ވަނީ އިންޑިއާގެ ބޮޑުވަޒީރަކީ "ހިކުމަތްތެރި އަދި ގާތް ރަހުމަތްތެރިއެއް" ކަމަށް ދެކެވަޑައިގަންނަވާ ކަމަށް ސިފަ ކުރައްވާއެވެ.
ޑޯވަލްއާއެކު ބާއްވާފައިވާ ބައްދަލުވުމުގައި މަޝްވަރާކުރެވުނު މުހިންމު ކަންތައްތަކުގެ ތެރޭގައި:
ދިފާއީ ދާއިރާއިން ގުޅުން ބަދަހި ކުރުމާއި ވިޔަފާރީގެ ގުޅުން ފުޅާކުރުމާއި ޓެކްނޮލޮޖީގެ އެއްބާރުލުން އިތުރުކުރުމާއި ނާދިރު މުހިންމު މައުދަންތަކާ ގުޅޭގޮތުން އެއްބާރުލުން އިތުރުކުރުން ހިމެނެއެވެ.
ގޯރ އިންޑިއާގެ ވެރިންނާ ބައްދަލު ކުރައްވާއިރު ޓްރަމްޕް ވަނީ އިންޑިއާގެ މުދަލަށް ނަގާ ޓެރިފް ބޮޑު ކޮށްފައެވެ. އަދި އިންޑިއާގެ ހުނަރުވެރިންނަށް އެމެރިކާ ވިސާ ދިނުން ހަރުކަށިކޮށް، ވިސާއަށް ދައްކާ ފީ އިންތިހާއަށް ބޮޑުކޮށްފައެވެ.
ގޯރ ވިދާޅުވަނީ އެމެރިކާ-އިންޑިއާ ގުޅުމުގެ ކުރިމަގު އުޖާލާ ވާނެ ކަމަށް އުއްމީދު ކުރައްވާކަ މަށެވެ.