ޚުޝާމަދު ކުރުން ޚާރިޖީ ސިޔާސަތަކަށް ވެއްޖެނަމަ،..،..

ޚުޝާމަދު ކުރުން ޚާރިޖީ ސިޔާސަތަށް ވެއްޖެނަމަ……….. މިއީ ޕާކިސްތާންގެ މީޑިއާގައި ޝާއިއުކޮށްފައިވާ އެޑިޓޯރިއަލް އެކެވެ. މިސުރުގެ ޝަރމުއްޝައިޚުގައި ބޭއްވި ޖެނޮސައިޑް ނިންމާ ސަމިޓުގައި، ޕާކިސްތާނުގެ ބޮޑުވަޒީރު ޝަހުބާޒް ޝަރީފް، އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕްއަށް އާދަޔާ ޚިލާފު ގޮތަކަށް ތަޢުރީފުތަކެއް ކުރެއްވުމުން ޑިޕްލޮމެޓުންގެ މެދުގައި ހައިރާންކަން އުފެދުނު ކަމަށް ޕާކިސްތާނު މީޑިއާއިން ބުނެއެވެ.

ޝަރީފް ވަނީ، ޖެނޮސައިޑަށް ބިލިއަނުން ފައިސާއާއި ހަތިޔާރު ސަޕްލައިކޮށްދިން ޓްރަމްޕްއަކީ "ސުލްހައިގެ މީހެއް" ކަމަށް ވިދާޅުވެފައެވެ. އަދި އަންނަ އަހަރުގެ ނޯބަލް ގެ ސުލްހައިގެ އިނާމަށް ނަން ހުށަހަޅަން ޖެހޭނެ ކަމަށް ވިދާޅުވެ ޝަރީފް ހުށަހެޅުއްވި ހުށަހެޅުއްވުމަކީ ގިނަ ބައެއްގެ ފާޑުކިޔުން އަމާޒުވި ކަމެއް ކަމަށްވެސް ބުނެފައި ވެއެވެ. އަދި ޝަރީފްގެ މި ވާހަކަތަކުން ޓްރަމްޕަށް ވެސް ހީގަނެވުނު ކަމަށް ބުނެއެވެ.

މި ހާދިސާއަކީ ޑިޕްލޮމެޓިކް ގޮތުން ނޭދެވޭ ފިޔަވޅެެއްގެ ގޮތުގައި ފާޑުކިޔާ ފަރާތްތަކުން ދެކުނު ނަމަވެސް، މުހައްލިލުން ބަލަނީ މިއީ ރޭވިގެން ކުރެވުނު ކަމެއް ކަމަށެވެ. މިހާރުގެ ސިޔާސީ މައިދާނުގައި ޙަޤީޤަތަށްވުރެ ބޮޑަށް މުހިންމުވަނީ ކަން ދެއްކުން ކަމަށާއި އޮޅުވާލުމަކީ މިހާރު އާންމު ސިޔާސަތު ކަމަށް ވެފައިވާ ކަމަށް ބުނެއެވެ.

ހިއްސާ ކުރައްވާ!