20 އަހަރުގެ ކޮލެޖު ދަރިވަރަކު ވަގަށް ނަގައިގެން ރޭޕްކޮށްލި 59 އަހަރުގެ ޗާލްސް ކްރޯފޯޑަށް މިސިސިޕީ ސްޓޭޓުން މަރުގެ އަދަބު ތަންފީޒުކޮށްފިއެވެ. މިއީ 1993 ގައި 20 އަހަރުގެ ކޮލެޖް ދަރިވަރެއް ކަމުގައިވާ ކްރިސްޓީ ރޭ ވަގަށް ނަގައި، ރޭޕްކޮށް މަރާލި މައްސަލައިގައި ކުށްވެރިވެފައިވާ މީހެކެވެ. އަދި މިއަހަރަކީ 2013 ވަނަ އަހަރަށްފަހު އެމެރިކާގައި އެންމެ ގިނަ މަރުގެ އަދަބު ތަންފީޒު ކުރެވޭ އަހަރެވެ.
2025 ވަނަ އަހަރުގެ މިހާތަނަށް ތަންފީޒުކުރެވުނު 38 މަރުގެ އަދަބުގެ ތެރެއިން 32 މަރުގެ އަދަބު ތަންފީޒުކޮށްފައިވަނީ ވިހަ އިންޖެކްޝަން ޖަހަިއގެންނެވެ. އަދި 4 މަރު ތަންފީޒު ކޮށްފައިވަނީ ނައިޓްރިޖަން ގޭސް ބެސްކޮށްގެންނެވެ. އަދި 2 މަރު ތަންފީޒުކޮށްފައިވަނީ ބަޑިޖަހައި މަރައިގެންނެވެ. ނައިޓްރިޖަން ގޭސް ބޭނުންކުރުމަކީ އދ. ން ސިފަ ކޮށްފައިވާ ގޮތުގައި އަނިޔާވެރި އަމަލެކެވެ. އެމެރިކާއަކީ ރަހުމު ކުޑަ އަނިޔާވެރި އަމަލު ހިންގާ މުޖުތަމައެކެވެ. އަދ އެެ ގައުމުގައި އެއަށްދޭ އަބަދުވެސް އެހާ ރަހުމު ކުޑަ އެވެ.
އެމެރިކާގެ 23 ސްޓޭޓުން ވަނީ މަރުގެ އަދަބު އުވާލާފައެވެ. އަދި، 3 ސްޓޭޓުން މަރުގެ އަދަބު ވަގުތީގޮތުން ހުއްޓުވާފައި ވެއެވެ. އެހެން ސްޓޭޓުތަކުން މަރުގެ އަދަބު ދެމުން ގެންދެއެވެ. މި ކަމާ ގުޅިގެން އެމެރިކާގެ އަދުލު އިންސާފުގެ ދާއިރާއާއި ކުށް ކުރުން މަދުކުރުން އަދި އިންސާނީ ޙައްޤުތަކާ ގުޅޭ ބަހުސްތައް އިތުރުވެފައިވެއެވެ. ވަކިން ޚާއްޞަކޮށް އާ އަދި ބޭނުންކުރުން ހުއްޓާލާފައިވާ ގޮތްތައް ބޭނުން ކޮށްގެން މީހުން މަރަން ފެށުމާމެދު ފާޑުކިޔާ ފަރާތްތަކުން ކަންބޮޑުވުން ފާޅުކުރަމުންދެއެވެ.







