ޓްރަމްޕަކީ ގިނަ ފަހަރަށް ފިލްޓަރެއް ނެތި ދުލަށް އަންނަ ކޮންމެ ވާހަކައެއްވެސް ވިދާޅުވާ ބޭފުޅެކެވެ. އެގޮތުން ވުޖޫދުގައި ނެތް ކަންކަމުގެ ވާހަކަވެސް ބައެއް ފަހަރު އިއްވަވައެވެ. އެގޮތުން އަލްބޭނިޔާއާއި އަރްމީނިޔާއާ ދެމެދު ހަނގުރާމަ ހުއްޓުވުކަމަށް ވިދާޅުވެ ހޮޅި ވާހަކަ ދެއްކެވިއެވެ. މިފަހަރު ވަނީ އީރާނާއި ޕާކިސްތާނާ ދެމެދު ހަނގުރާމަ ހުއްޓުވި ކަމަށް ވިދާޅުވެ ހޮޅި ވާހަކަ ދައްކަވާފައެވެ. އަދި އޭނާ ވަނީ ތަކުރާރުކޮށް އިންޑިއާއާއި ޕާކިސްތާނާ ދެމެދު ނިއުކްލިއަރ ހަނގުރާމައެެއް ހުއްޓުވިކަމަށް ވިދާޅުވެ އެކަމަށް ކްރޑިޓްވެސް ނަންގަވާފައެވެ.
ޓްރަމްޕްގެ މިފަދަ ވާހަކަތަކަށް ޕާކިސްތާނުގެ ބޮޑު ވަޒީރު އަތް ޖައްސަވައެވެ. އިޒްރޭލުގެ ޕާލަމެންޓްގައި ޖެނޮސައިޑަށް ހަތިޔާރާއި ފައިސާ ދެއްވިކަމަށް އިއުތިރާފްވެ ވަޑައިގަތް ޓްރަމްޕަކީ ސުލްހަ ވެރިއެއް ކަމަށާއި އެތައް ބައެއްގެ ފުރާނަ އޭނާ ސަލާމަތް ކޮށްދެއްވި ކަމަށް ޝަރަމުއްޝައިޚުގައި ވިދާޅުވީ ޕާކިސްތާންގެ ބޮޑު ވަޒީރެވެ. އަދި ޕާކިސްތާނުން ވަނީ 2025ގެ ނޯބެލްގެ ސުލްހަިއގެ އިނާމަށް ޓްރަމްޕްގެ ނަން ހުށަހަޅާފައެވެ. މިއަހަރު އޭނާއަށް އިނާމު ލިބިވަޑައި ނުގަތުމުން މިއަންނަ އަހަރުވެސް ޓްރަމްޕްގެ ނަން ހުށަހަޅުއްވާނެ ކަމަށް ޝަހްބާޒް ޝަރީފް ވަނީ ވިދާޅުވެފައެވެ. އަނެއްކޮޅުން ވެނެޒުއެލާއިން ބުނަނީ އެގައުމަށް ހަމަލަ ދިނުމަށް އެމެރިކާއިން މަނަވަރުތައް ޖަމާކުރަމުންދ ާކަމަށެވެ.







