ޓްރަމްޕްގެ ސުލްހައިގެ ވިޔަފާރީގައި ސައޫދީ އަރަބިއްޔާ ބައިވެރިވާނެ ކަމަށް ބުނެފި

އެމެރިކާގެ ރައީސް ޓްރަމްޕާއި ޒަޔަނިސްޓުންގެ ވިޔަފާރި ކުރިއެރުވުމަށް އެކުލަވާލާފައިވާ އިބްރާހީ މުއާހަދާގައި ދެހަރަމްފުޅު ބަލަހައްޓާ ގައުމު ސައޫދީ އަރަބިއްޔާއިން ބައިވެރިވާނެ ކަމަށް ޓްރަމްޕް އިއުލާން ކޮށްފިއެވެ. މި ދުވަސްވަރަކީ ޔަހޫދީ ޒަޔަނިސްޓުންނަށް ފަހިކޮށްދޭން ޓްރަމްޕް މަސައްކަތް ކުރި ޖެނޮސައިޑް ހުއްޓުވާ އެއްބަސްވުމަށްވުމަށްފަހު ސުލްހަވެރިއެއް ކަމަށް ދުނިޔެއަށް ދައްކައިގެން އިހުތިފާލު ކުރަމުންދާ ދުވަސްވަރެކެވެ. ޓްރަމްޕްގެ ޖެނޮސައިޑް އުއްޓުވާ އެއްބަސްވުމަކީ ފަލަސްޠިނުގެ މީހުންގެ 80 އަހަރަށް ވުރެން ގިނަ ދުވަސްވީ އުންމީދުތަކަށް ފަނޑު އަލިކަމެއްވެސް ގެނެސްދޭ ފަދަ އެއްބަސްވުމެއް ނޫންކަމަށް މުޙައްލިލުން ދެކެއެވެ.

"އަޅުގަނޑު އުންމީދު ކުރަނީ ސައުދީ އަރަބިއްޔާ އިބްރާހީމީ މުއާހަދާގައި ބައިވެރިވާ ތަން، އަދި އެހެން މީހުން ވެސް ބައިވެރިވާ ތަން. އަޅުގަނޑަށް ހީވަނީ ސައުދީ އަރަބިއްޔާ ބައިވެރިވާއިރު އެހެން އެންމެންވެސް ބައިވެރިވާނެ ހެން،" ފޮކްސް ބިޒްނަސް ނެޓްވޯކަށް ހުކުރު ދުވަހުގެ އިންޓަވިއުއެއްގައި ޓްރަމްޕް ވިދާޅުވި އެވެ.

އެމެރިކާގެ ރައީސް ސިފަކުރައްވަނީ ޒަޔަނސިްޓު ވިޔަފާރި ފުޅާކުރުމުގެ އެއްބަސްވުން ކަމަށްވާ އިބްރާހީމީ މުއާހަދާއަކީ "އަޖައިބެއް" އަދި "އަޖައިބު ކުރުވަނިވި" އެއްބަސްވުމެއް ކަމަށެވެ. މިއީ އަރަބި ގައުމުތަކުގެ ފަހު ޒަމާނުގެ ޒުވާން ޖީލުން އެމެރިކާގެ އޮއިވަރުގައި ޖެހިގެން ޔަހުދީންނާއި އެމެރިކާއިން ރައްކާތެރިކަން ހޯދަން ސޮއިކޮށްފައިޥާ އެއްބަސްވުމެކެވެ.

އިބްރާހީމީ މުއާހަދާގެ ދަށުން ޔަހޫދީ ޒަޔަނިސްޓުްނ ބަޣަލްގީރު ކުރާ ގައުމުތަކަކީ ޔޫއޭއީ، ބަހްރެއިން، މޮރޮކޯ އަދި ސޫދާނާ އެވެ.

ހިއްސާ ކުރައްވާ!