ޒަޔަނިސްޓު ޔަހޫދީން ދަނީ ޖެނޮސައިޑު ހުއްޓާލާ އެއްބަސްވުމާ ޚިލާފް ވަމުން

ޣައްޒާ ސިޓީގެ ޒައިތޫން ސަރަހައްދުގައި ޖެނޮސައިޑް ސިފައިންގެ ބާރުގެ ދަށުގައިވާ ކަމަށް ބުނާ ސަރަހައްދެއް ހުރަސްކުރި ފަލަސްޠީނުގެ އާންމު ރައްޔިތުން ތިބި އުޅަނދަކަށް ހަމަލާދީ، އެއް ޢާއިލާގެ 11 މެންބަރުން ޝަހީދުކޮށްލައިފިއެވެ. ޖެނޮސައިޑްއ ފޯސް އިން ވަނީ މިހާތަނަށް ޖެނޮސައިޓު ހުއްޓާލާ އެއްބަސްވުމާ ޚިލާފަށް ފަލަސްޠީނުގެ އާންމު ރައްޔިތުންގެ 28 މީހުން ޝަހީދުކޮށްލާފައެވެ.

ޝުހަދާއިންގެ ތެރޭގައި ގިނަ އަދަދެއްގެ ކުޑަ ކުދިން ހިމެނެއެވެ. އެއީ އުމުރުން 10 އަހަރު، 6 އަހަރު، 5 އަހަރު އަދި 8 އަހަރުގެ ކުދިން ނެވެ. މި ޢާއިލާއަކީ ޔަހޫދީންގެ ޖެނޮސައިޑްގައި އެތައް ފަހަރެއްގެ މަތިން ހިޖުރަކުރުމަށްފަހު އެކިތަންތަނާގައި ބިކަ ކޮށް އުޅުނު ގައްޒާގެ ޒައިތޫން އަވަށުގެ އާއިލާއެކެވެ.

ޔަހޫދީން ވަނީ އެމީހުން ކޮންތްރޯލު ކުރާ ސަރަހައްދު ކަމަށް ބުނާ ސަރަހައްދުތައް ޗާޓެއްގައި ދައްކާފައެވެ. ފަލަސްޠީނު ގިނަ މީހުންނަށް މުވާސަލާތީ ވަސީލަތްތައް އަތްމަތި ވެފައި ނުވުމާއި މޮބައިލް ފޯނު ނުގެން ގުޅޭތީ ޖެނޮސައިޑް ފޯސް އިން ފާހަގަ ކޮށްފައިވާ ސަރަހައްދުތަކާއި އިންތަކެއް އެމީހުންނަށް ނޭނގެއެވެ. ޖެނޮސައިދް ހިންގާ ޔަހޫދީން ދަނީ އެފަދަ ސަރަހައްދަކަށް ފަލަސްޠީނު މީހުން ވަންނަ ހިނދު އިންޒާރަކާ ނުލައި ބަޑިޖަހައި މީހުން ޝަހީދު ކުރަމުންނެވެ.

ޖެނޮސައިޑް ހިންގާ ޔަހޫދީން ވަނީ ޚާން ޔޫނިސްގައި މޮޓޯސައިކަލެއްގައި ދަތުރުކުރަމުންދިޔަ ފަލަސްތީމނު ބަޔަކަށްވެސް ޑްރޯން އިން ހަމަލަ ދީފައެވެ.

މުހައްލިލުން ބުނަނީ ޖެނޮސައިޑް ހުއްޓުވުމަށް އެމިރކާއާއި އަރަބިންނާއި މުސްލިމުން އިޚުލާސް ތެރި ނަމަ ޖެނޮސައިޑް ހުއްޓުވުމަށް އެމީހުން މަސައްކަތް ކުރާނީ އިރާގްގައި އަމަލު ކުރި ގޮތަށް ޔަހޫދީންނަށް އުދުހުން މަނާ ނޯފްލައި ޒޯނެއް ކަނޑައަޅާށެވެ.

ހިއްސާ ކުރައްވާ!