ޗައިނާގެ ޑިމޮކްރެސީ އެކްޓިވިސްޓަކު ތައިލެންޑުން ޑިޕޯޓު ކޮށްލަނީ

ޗައިނާގެ ޑިމޮކްރަސީ އެކްޓިވިސްޓް ޒޯ ޖުންޔީ ވަނީ ތައިލެންޑުގައި 4 މަސް ދުވަހަށްވުރެ ގިނަ ދުވަހު ބަންދުގައި ބެހެއްޓުމަށްފަހު ޗައިނާއަށް ޑިޕޯޓްކުރުމުގެ ނުރައްކަލާ ކުރިމަތި ލާން ޖެހިފައެވެ. ހިއުމަން ރައިޓްސް ޖަމާއަތްތަކުން ބުނާ ގޮތުގައި އޭނާ ޗައިނާއަށް ފޮނުވައިފިނަމަ، އޭނާގެ ސިޔާސީ ހަރަކާތްތަކުގެ ސަބަބުން ހަރުކަށި އަދަބުތަކާ ކުރިމަތިލާން ޖެހިދާނެއެވެ.

ޒޯ އަކީ ޗައިނާ ގެ ސަރުކާރާ ދެކޮޅަށް މަސައްކަތް ކުރާ ޑިމޮކްރަސީ ޕާޓީގެ މެންބަރެކެވެ. އޭނާ ހައްޔަރު ކޮށްފައި ވަނީ ބެންކޮކްގައި ޗައިނާ ސަރުކާރުގެ ދެކޮޅު ވެރިންނާއެކު މަޝްހޫރު ޓިއަނަންމެން މައިދާނުިގެ ހާދިސާގެ ހަނދާނުގައި ހަފްލާއެއްގައި ބައިވެރިވުމަށްފަހު، ވީޒާގެ ގަވާއިދާ ޚިލާފުވިކަމުގެ ތުހުމަތުގައެވެ. އޭނާ ވަނީ 2015 ގައި އެމެރިކާގައި ބޭއްވި ޑިމޮކްރަސީ ކޮންފަރެންސްއެއްގައި ވެސް ބައިވެރިވެފައެވެ. ޗައިނާ ސަރުކާރަށް ތާއަބަދު ފާޑު ކިޔުމުގެ ސަބަބުން  ޗައިނާ ސަރުކާރުން އޭނާގެ ޕާސްޕޯޓް ހިފަހައްޓާފައި ވެއެވެ. އަދި އޭނާ ޗައިނާއިން ބޭރު ވެފައި ވަނީ ފިލައިގެންނެވެ.

ތައިލެންޑުގައި އޭނާ ވަނީ ގަވާއިދާ ޚިލާފަށް ޓިއަނަންމެން މެމޯރިއަލް މިއުޒިއަމްއެއް ޤާއިމްކުރުމަށް މަސައްކަތް ކޮށްފައެވެ. އަދި ޗައިނާ އާއި ހޮންކޮންގްގެ ސިޔާސީ ގައިދީންނަށް އެހީތެރިވުމުގެ ފޯރަމްތައް ބާއްވާފައެވެ.

ޗައިނާ ސަރުކާރާ ދެކޮޅަށް މަސައްކަތް ކުރާ ޗައިނާ ޑިމޮކްރެޓިުކް ޕާޓިއަކީ އެމެރިކާއިން ހަރަކާތްތެރިވާ ޕާޓިއެކެވެ. ލޮސް އެންޖެލެސްގައި ޗައިނާ ޑިމޮކްރަސީ ޕާޓީގެ ވެރިން ވަނީ ތައިލެންޑް ސަރުކާރަށް ޒޯ ޑިޕޯޓް ނުކުރުމަށް ގޮވާލާފައެވެ.

ތައިލެންޑަކީޗ ގިނަ އަދަދަކަށް ޗައިޏާ ފަތުރުވެރިންނަށް މަރުހަބާ ކިޔާ ގައުމެއް ކަމުން މިހާރު އިދިކޮޅު ފަރާތްތަކަށް ތައިލެންޑް ރައްކާތެރި ތަނެއް ނޫންކަމަށް ދެކޮޅުވެރިން ބުނެއެވެ.

 

ހިއްސާ ކުރައްވާ!