ޚަބަރު ކިޔަން މަސްނުއީ ބުއްދީގެ އެނައުންސަރެއް ބޭނުންކޮށްފި

މަސްނޫއީ ބުއްދި މަބު މެދުވެރިކޮށް އުފައްދާފައިވާ ޕްރެޒެންޓަރެއް ބޭނުންކޮށްގެން، އިނގިރޭސިވިލާތުގެ ޓީވީ ޗެނަލެއްގައި އިއްޔެ ރޭ ޚަބަރު ކިޔައިފިއެވެ. މި ޚަބަރު ގެނަސްދިން މަބުން ހަދާފައިޥާ އާއިޝާ ގާބާން ބުނަނީ މަސްނޫއީ ބުއްދީ ގެ ސަބަބުން ވަޒީފާގެ ބާޒާރަށް ބަދަލު ތަކެއް އައިސް ބައެއް ވަޒީފާތައް ގެއްލޭނެ ކަމަށެވެ. އެގޮތުން އޭނާފަދަ ޚީބަރު ކިޔާ މީހުންގެ ވަޒީފާ ހިމެނޭ ކަމަށްވެސް ބުންޏެވެ.

"އޭއައި (މަބް) އިން އަހަރެންގެ ވަޒީފާ ގެއްލޭނެތަ؟" މި ނަމުގައި ގެނެސްދިން މި ޑޮކިއުމެންޓްރީގައި، މިއުޒިކް، ފެޝަން، މެޑިކަލް އަދި ޤާނޫނީ ދާއިރާތަކުގައި މަބުގެ ސަބަބުން އަންނަމުންދާ ބަދަލުތަކާ ބެހޭ މަޢުލޫމާތު ހިމަނާފައިވެއެވެ. މި ޕްރޮގްރާމް ބްރޯޑްކާސްޓްކޮށްފައިވަނީ ޗެނަލް 4 ގެ "ޑިސްޕެޗަސް" އިންވެސްޓިގޭޓިވް ސީރީޒްގެ ތެރެއިންނެވެ.

ޗެނަލްގެ މީޑިއާ ހެޑް ލުއިޒާ ކޮމްޕްޓަން ކިޔައިދިން ގޮތުގައި، އެ ޗެނަލުން ގަވާއިދުން މަބު ޕްރެޒެންޓަރުން ބޭނުމެއް ނުކުރާނެއެވެ. އަދި އިތުބާރުހުރި، ފެންވަރު ރަނގަޅު ނޫސްވެރިކަމަކީ މަބުއަށް ފޯރުކޮށް ދެވޭނެ އެއްޗެއްކަމަށް ނު ބެލެވޭ ކަމަށްވެސް ބުންޏެވެ. މީގެ ކުރިން އުތުރު ކަރައާއި ސީނު ކަރައާއި އާއި ކުވެއިތް ފަދަ ޤައުމުތަކުގައިވެސް މަބުގެ ޕްރެޒެންޓަރުން ބޭނުންކޮށްފައިވެއެވެ. އަދި، 2018 އިން ފެށިގެން ޗައިނާގެ ޝިންހުއާ ނިއުސް އޭޖެންސީންވެސް މަބު ޕްރެޒެންޓަރުން ބޭނުންކުރަމުން ދެއެވެ.

ހިއްސާ ކުރައްވާ!