އިންޑިއާއަކީ އަލުއި އެކްސްޕޯޓު ކުރުމުގައި މިހާރު ދުނިޔޭގެ ދެވަނަ

އިންޑިއާގެ ދަނޑުވެރިކަން އެކްސްޕޯޓަށް އަމާޒު ހިފުމުން. އިންޑިއާއަކީ، ގަނޑުކޮށްފައިވާ ފްރެންޗް ފްރައިޒްގެ މުހިންމު އެކްސްޕޯޓަރަކަށް ވެފައިވާ ކަމަށް ނިއުދިއްލީން ރިޕޯޓުކޮށްފައި ވެއެވެ. މިކަމުގެ ސަބަބުން އިންޑިއާގެ އަލުވީގެ އިޤްތިޞާދު ބަދަލުވެ، އަމިއްލަ ބޭނުމަށް އުފައްދާ މަރުހަލާއިން ބޭރުވެ އެކްސްޕޯޓު ދާއިރާއަށް ވަދެފައިވާ ކަމަށް ބުނެއެވެ. މީގެ 20 އަހަރު ކުރިއާ އަޅާ ބަލާއިރު އިންޑިއާއަކީ އަލުއި އެތެރެ ކުރި ގައުމެކެވެ. ނަމަވެސް މިއަދު، އިންޑިއާއިން ވަނީ 60 މިލިއަން ޓަނަށްވުރެ ގިނަ އަލުވި އުފައްދައި، ދުނިޔޭގައި ދެވަނައަށް އަލުއި އުފައްދާ ގައުމަށް ވެފައެވެ. ޗައިނާއަކީ އެއްވަނަ އެވެ. އަދި ފާއިތުވި ފަސް އަހަރުގެ ތެރޭގައި، ގަނޑުކޮށްފައިވާ އަލުވީގެ އުފެއްދުންތައް އެކްސްޕޯޓުކޮށްގެން ހޯދާ އާމްދަނީ ވަނީ ނުވަ ގުނަ އިތުރުވެފައެވެ. އަދި، 2025 ވަނަ އަހަރުގެ މާލީ އަހަރު ނިމުނުއިރު 19 ބިލިއަން ރުޕީސްއާ ގާތްކުރާ އަދަދެއް އެކްސްޕޯޓު ކޮށްފައި ވެއެވެ.

މި ބަދަލު އައުމުގެ މައިގަނޑު ސަބަބަކީ 1998 ވަނަ އަހަރު މެކެއިން ފުޑްސް އިން އިންޑިއާގައި އަލުއި އުފެއްދުމުގެ މަސައްކަތް ފެށުމެވެ. އަދި 2007 ވަނަ އަހަރު ގުޖުރާތުގައި އެކުންފުނިން ވަނީ ފުރަތަމަ ޕްރޮސެސިންގ ޕްލާންޓެއް ޤާއިމުކޮށްފައެވެ. އަދި އެއަށްފަހު މެކްޑޮނަލްޑްސްއާ އެކު ޚާއްސަ ސަޕްލައި ކުރުމުގެ އެއްބަސްވުމެއް ހަދާފައެވެ. މިއީ އިންވެސްޓްމަންޓާއި އީޖާދީ މަސައްކަތްތައް އާލާވުމުގެ ފެށުމެވެ. އެއަށްފަހު އެހެން އަމިއްލަ ކުންފުނިތައް ކަމަށްވާ ހައިފަން ފުޑްސް، އިސްކޮން ބާލާޖީ، އަދި ފަންވޭވް ފޫޑްސް ފަދަ އިންޑިއާ ކުންފުނިތަކުންވެސް ވަނީ އެ ދާއިރާއަށް ވަދެފައެވެ. އަދި އެކުންފުނިތަކުން ވަނީ އެއްބަސްވުމެއްގެ ދަށުން ދަނޑުވެރިކަން ކޮށްދޭ އުސޫލުން މަސައްކަތް ފަށާފައެވެ.

އިރުމަތީ ޔޫރަޕުން ހޯދާފައިވާ މުޑުވަކެއް ކަމަށްވާ ދިގު، ސްޓާޗް ގިނައިން ހުންނަ، ހަކުރު މަދު އަލުވީގެ ބާވަތަކީ ގުޖުރާތުގެ ގަދަ ފިންޏާއި ހޫނަށް އެކަށީގެންވާ ބާވަތެކެވެ. މިއާއެކު، ކޯލްޑް ސްޓޯރޭޖްގެ ނިޒާމާއި ލޮޖިސްޓިކްސް ހަރުދަނާ ކުރުމުގެ ސަބަބުން، އިންޑިއާއިން މިހާރު ވަނީ ބޭރުގެ ބާޒާރުތަކަށް ވާދަވެރި އަގުތަކެއްގައި އެކްސްޕޯޓު ކުރަން ފަށާފައެވެ. މިހާރު އިންޑިއާގެ އަގުތައް ޗައިނާގެ އަގުތަކަށް ވުރެން ކުޑަކަމަށް ވެއެވެ.

ކޮންޓްރެކްޓް ފާމިންގގެ ސަބަބުން އިންޑިއާގެ ދަނޑުވެރިންގެ އާމްދަނީ ވަނީ 2017 ވަނަ އަހަރުން ފެށިގެން 75 އިންސައްތައަށް މަތިވެފައެވެ. އަދި، އެމީހުންގެ ދިރިއުޅުމަށް ބޮޑު ބަދަލެއް އައިސްފައި ވެއެވެ. މީގެ އިތުރުން، ސެންޓްރަލް ޕޮޓޭޓޯ ރިސަރޗް އިންސްޓިޓިއުޓުން ވަނީ އިންޑިއާގެ އަމިއްލަ އަލުވީގެ ބާވަތްތައް ވެސް އީޖާދުކޮށްފައެވެ. އަދި އެކަމުގެ ސަބަބުން، އިންޑިއާގެ އެކްސްޕޯޓު އިތުރު ވެފައި ވެއެވެ.

އަލުއި އުފެއްދުމާއި އެކްސްޕޯޓުގައި އިސްކޮށް އުޅެނީ ގުޖުރާތެވެ. އެ ސްޓޭޓުން ވަނީ އިންޑިއާގައި ޕްރޮސެސްކުރެވޭ އަލުވީގެ 80 އިންސައްތަ އުފައްދާފައެވެ. 2025 ވަނަ އަހަރުގެ ފެބްރުއަރީ މަހު، އިންޑިއާއިން ބޭރުކުރި ފްރޯޒަން ފްރެންޗް ފްރައިޒްގެ އަދަދު ފުރަތަމަ ފަހަރަށް 20,000 ޓަނު ގެ މާކް ހުރަސްކޮށްފައި ވެއެވެ. އަދި، ދުނިޔޭގެ ފްރައިގެ ބާޒާރުގައި ބޮޑު ވާދަވެރިއެއްގެ ގޮތުގައި އިންޑިއާ ހިމެނުނުކަން ވަނީ އިއުލާނުކުރިއެވެ.

ހިއްސާ ކުރައްވާ!