އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީގެ 50 އަހަރުގެ އާންމު ޚިދުމަތުގެ މައްޗަށް އަލިއަޅުވައިލާފައިވާ ފޮތެއް ކަމަށްވާ، "ދަ މޯދީ ސްޓޯރީ: ރިފްލެކްޝަންސް އޮން ލީޑަރޝިޕް އެންޑް ލައިފް" ވިއްކަން ފަށައިފިއެވެ. މި ފޮތް ވިއްކަން ފަށާފައިވަނީ މިއަދު އަންގާރަ ދުވަހުއެވެ.
މި ފޮތަކީ ބްލޫކްރާފްޓް ޑިޖިޓަލް ފައުންޑޭޝަންގެ ސީއީއޯ އަދި އިސް މުފައްކިރެއް ކަމަށްވާ އަކިލޭޝް މިޝްރާ ލިޔުއްވާފައިވާ ފޮތެކެވެ. މި އަކިލޭޝް މިޝްރާއަކީ ކުރިން ރާއްޖޭގައި ހުންނެވި މިހާރު އަޔަރަލެންޑްގައި ހުންނަވާ ހައިކޮމިޝަނަރެއް ނޫނެވެ.
މި ފޮތުގައި ބޮޑުވަޒީރު މޯދީގެ ފާއިތުވި 50 އަހަރުގެ ޢާންމު ޙަޔާތާ ގުޅޭ ފަލްސަފާއާއި އަގުތަކަށް އަލިއަޅުވައިލާފައެވެ. މި ފޮތަށް، ބޮޑުވަޒީރު މޯދީގެ ރަޙްމަތްތެރިންނާއި، އެކުވެރިންނާއި، މުދައްރިސުންނާއި، ލަފާދޭ 15,000 އަށް ވުރެ ގިނަ މީހުން މޮދީއާ ބެހޭ ގޮތުން ބުނެފައިވާ ވާހަކަތައް މި ފޮތުގައި ގެނަސްދީފައި ވެއެވެ.
މީގެ އިތުރުން، 'ވޯޑްސް އޮފް ވޯކް އެންޑް ވިލް: ސިލެކްޓް ކޯޓްސް އޮފް ނަރެންދުރަ މޯދީ' މި ނަމުގައި އިތުރު ފޮތެއް ވެސް ވިއްކަން ފަށާފައިވެއެވެ.
މި ފޮތްތަކަކީ، އިންޑިއާގެ ބިހާރު ސްޓޭޓްގެ ވާދަވެރި އިންތިޚާބާ ދިމާކޮށް ކުރިއަށް ގެންދާ މަސައްކަތެކެވެ. ބިހާރުގެ އިންތިޚާބުގެ ނަތީޖާ އަންނަ ގޮތަކުން އިންޑިއާގެ ސަރުކާރަށް އަސަރު ކޮށްފާނެއެވެ.





