ޔަހޫދީން އާދައިގެމަތިން ޖެނޮސައިޑަށް މިސްރާބު ޖެހުމުން ޤަތަރުން ވަނީ މެދުއިރުމަތީގެ ކެންސަރަށް ވެފައިޥާ ނުލަފާ ޔަހޫދީން ކޮންޓްރޯލު ކުރުމަށް އެމެރިކާއަށް ގޮވާލާފައެވެ. އާދަވެގެން ނެރޭފަދަ ބަޔާނެއްގައި ޤަތަރުގެ ބޮޑު ވަޒީރު ވިދާޅުވީ ޔަހޫދީން ކަން ކުރިގޮތުން މާޔޫސްވެ ވަޑައިގަންނަވާ ކަމަށެވެ.
ނުލަފާ ޔަހޫދީންގެ އެންމެ ފަހުގެ ގަތުލުއާންމުގެ ހަމަލާތަކުގައި 104 ފަލަސްތީނުގެ ރައްޔިތުން ޝަހީދުކޮށްލާފައި ވެއެވެ. މިއީ ހަނގުރާމަ ހުއްޓާލުމަށް އެއްބަސްވެފައިވާ އެއްބަސްވުމާ ހިލާފަށް ޔަހޫދީން ހިންގި ޖަރީމާއެކެވެ. ހަމާސް އިން ވަނީ މިއީ ޔަހޫދީން ނުލަފާ ކަމުން ޖެނޮސައިޑަށް އެނބުރި ދިއުމެއްކަމަށް ސިފަ ކޮށްފައެވެ.
ޖެނޮސައިޑަށް ވާގިވެރިވެ ހަތިޔާރާއި ފައިސާއިން ހިތްވަރު ދޭ އެމެރިކާއިން ވަނީ އިޒްރޭލުގެ ޖެނޮސައިޑް ހަމަލާތަކަށް ތާއީދުކޮށްފައެވެ.
ޣައްޒާގެ ސިއްހީ އިދާރާއިން ހާމަކުރާ ގޮތުގައި، އޮކްޓޯބަރު 28 އާއި 29 ގެ ރޭ އިޒްރޭލުން ދިން ވައިގެ ހަމަލާތަކުގައި 104 ފަލަސްތީނުގެ ރައްޔިތުންނަށް ވުރެން ގިނަ މީހުން ޝަހީދުވިއެވެ. ޝަހީދުވި މީހުންގެ ތެރޭގައި 46 ކުޑަ ކުދިން ހިމެނެއެވެ. މިއީ އޮކްޓޯބަރު 10 ގައި އެމެރިކާގެ ބައިވެރިވުމާ ޖެނޮސައިޑް ހަނގުރާމަ ހުއްޓާލުމުގެ އެއްބަސްވުމަށް ފަހު ޔަހޫދީން ދިން ޣަދަރުވެރި ބޮޑު ހަމަލައެވެ. މި ހަމަލާގެ ކުރިންވެސް 18 ދުވަސް ތެރޭގައި 100އާ ގާތް ކުރާ އަދަކަށް މީހުން ޝަހީދުކޮށްފައި ވެއެވެ.
އެމެރިކާގެ ރައްދު އަދި ސިޔާސީ ތާއީދު
އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވަނީ އިޒްރޭލުގެ މި އަމަލުތައް ދިފާއުކުރައްވާ، “އެމީހުން ރައްދު ހަމަލާ ދޭން ޖެހޭނެ” ކަމަށް ވިދާޅުވެފައެވެ. އަދި ހަނގުރާމަ ހުއްޓާލުމުގެ އެއްބަސްވުމަށް ހީނަރުކަމެއް ނާންނާނެ ކަމަށް އޭނާ ވިދާޅުވިއެވެ. ހަމާސް އިން ވަނީ އިޒްރޭލުގެ ހަމަލާތައް އިތުރުކުރުމަށް އެމެރިކާއިން “ސިޔާސީ ތާއީދު” ދެމުންދާ ކަމަށް ތުހުމަތުކޮށްފައެވެ. ޓްރަމްޕަށް އަތްޖަހައި ޚުޝާމަދު ކުރާ މުސްލިމުންނާއި އަރަބިންނަށް މިކަމުގައި ކުރެވޭނެ ކަމެއް ނޯންނާނެ ކަމަށް ބެލެވެއެވެ.
ޣައްޒާގެ ހޮސްޕިޓަލުތަކުން ރިޕޯޓުކުރާ ގޮތުގައި، ގިނަ އަދަދެއްގެ މީހުންނަށް ވަނީ ސީރިއަސް އަނިޔާތަކެއް ވެފައެވެ. އޭގެ ތެރޭގައި ގިނައީ އަންހެނުންނާއި ކުޑަކުދިންނެވެ. އައްޝިފާ ހޮސްޕިޓަލަށް އެކަނި ވެސް 45 މީހުން ވަނީ ސީރިއަސް ހާލަތުގައި ގެނެސްފައެވެ. އޭގެ ތެރޭގައި 20 ކުދިން ހިމެނެއެވެ. ޚާން ޔޫނިސް އަދި ޣައްޒާ ސިޓީ ފަދަ ސަރަހައްދުތަކުން ސިވިލް ޑިފެންސްގެ ޓީމުތަކުން ދަނީ ގިނަ ބަޔެއްގެ ހަށިގަނޑު ކޮނެ ނަގަމުންނެވެ
ޖެނޮސައިޑް ހުއްޓާލުމުގެ އެއްބަސްވުމަށް ނުރައްކާ
ޖެނޮސައިޑް ހުއްޓާލުމުގެ އެއްބަސްވުމުގައި ބުނެފައިވަނީ، އިޒްރޭލުން ހައްޔަރުކޮށްފައިވާ މީހުން ދޫކޮށްލުމާއި އަދި ހަމަލާތައް ހުއްޓާލުމުގެ ބަދަލުގައި ހަމާސް އިން ހުރިހާ ޔަހޫދީންގެ ގަބުރެއްވެސް އަނބުރާ ހަވާލުކުރަން ޖެހޭނެ ކަމަށެވެ. 13 ޔަހޫދީ މީހުންގެ ގަބުރު އަދިވެސް އަނބުރާ ހަވާލުކުރެވިފައިނު ވެއެވެ. އެމީހުން މަރުވެފައި ވަނީ ޖެނޮސައިޑް ފޯސްއިން ބޮން އެޅުމުން ވެއްޓިފައިޥާ އިމާރާތްތަކުގެ ދަށުވެފައެވެ. އެތަންތަނަށް ވާސިލު ވެވޭ ވަރުގެ ސާމާނާއި މެޝިނަރީއެއް ހަމާސްގެ އަތުގައި ޣައްޒާއަކު ނެތެވެ.





