އަންނަ އަހަރު އިންޑިއަގެ ކަނޑުގެ ސިފައިންގެ ސްޓްރެޓެޖީއަށް ބަދަލު ގެންނަނީ

އިންޑިއާގެ މެރިޓައިމް ސްޓްރެޓެޖިކް ދައުރު އިތުރަށް ވަރުގަދަ ކުރުމުގެ ގޮތުން، 2026 ވަނަ އަހަރުގެ ފެބްރުއަރީ މަހު އިންޑިއާއިން ބޮޑު 3 ނޭވަލް އިވެންޓެއް ބޭއްވުމަށް ތައްޔާރުވަމުން ދާކަމަށް ބުނެފިއެވެ. މި މަތީ ފެންވަރުގެ މި ތިން އިވެންޓަކީ އިންޓަނޭޝަނަލް ފްލީޓް ރިވިއު، އެކްސަސައިޒް މިލާން، އަދި އިންޑިއަން އޯޝަންގެ ގައުމުތަކުގެ ކަނޑުގެ ސިފައިންގެ ވެރިންގެ ބައްދަލުވުމެވެ. މި ބައްދަލުވުންތަކުގައި އެމެރިކާ، ރަޝިއާ، ޖަޕާން، އަދި އޮސްޓްރޭލިއާ ފަދަ ކަނޑުގެ ބޮޑެތި ބާރުތަކުގެ ނޭވީން ބައިވެރިވާނެއެވެ. މިއީ އިންޑޯ-ޕެސިފިކް ސަރަހައްދުގައި އިންޑިއާގެ ނުފޫޒު އިތުރުވަމުންދާކަން ހާމަކޮށްދޭ ކަމެއް ކަމަށް ބުނެއެވެ.

މި އިވެންޓްތަކުގެ މައިގަނޑު މަޤްސަދަކީ ގިނަ ޤައުމުތަކާ ގުޅިގެން މަސައްކަތްކުރުން ހަރުދަނާ ކުރުމާއި، އިންޑިއާގެ އަމިއްލަ ކަނޑިުގެ ސިފައިންގެ ޤާބިލުކަން ދައްކާލުމާއި، ކަނޑުގެ ސަރަހައްދުގެ ސަލާމަތަށް އިންޑިއާއިން ބާރުއަޅާކަން އިތުރަށް ހަރުދަނާ ކުރުމާއެކު ހަމާކޮށްދިނުމެވެ. މީގެ އިތުރުން، އިންޑިއާ ކަނޑުގެ އަމިއްލަ އުފެއްދުމެއް ކަމަށްވާ ސާރވޭ އުޅަނދު އިކްޝާކް، 2025 ވަނަ އަހަރުގެ ނޮވެމްބަރު މަހުގެ 6 ވަނަ ދުވަހު ކޮޗީގެ ނޭވަލް ބޭސްއިން ބޭލުމަށް ވަނީ ހަމަޖެހިފައެވެ. މިއީ އިންޑިއާގެ ދިފާޢީ އޮނިގަނޑުގައި އަމިއްލައަށް އުފެއްދުންތައް އުފެއްދުމުގެ ކުރިއެރުން ހާމަކޮށްދޭ ކަމެކެވެ.

ދިފާޢީ މުހައްލިލުން ދެކޭ ގޮތުގައި، މި ތިން ބޮޑު އިވެންޓް އެއްފަހަރާ ބޭއްވުމަކީ، ޖިއޯޕޮލިޓިކަލް ހަމަނުޖެހުންތައް އިތުރުވަމުންދާ މި ދަނޑިވަޅުގައި، އިންޑިއާ ކަނޑުގެ ސަރަހައްދުގައި ހަމަޖެހުން ޤާއިމުކުރާ ބާރެއްގެ ގޮތުގައި އިންޑިއާގެ ދައުރު ބޮޑުކުރުމަށް ކުރާ މަސައްކަތެކެވެ. މިކަމުގެ ސަބަބުން ސަރަހައްދީ ސަލާމަތީ ކަންކަމަށް އަންނަ ބަދަލުތަކާ އެކު، އިންޑިއާގެ ސްޓްރެޓެޖިކް މަޤާމު އިތުރަށް ވަރުގަދަވާނެއެވެ.

ހިއްސާ ކުރައްވާ!