އިންޑޯ-ޕެސިފިކް ސަރަހައްދުގެ އަމާންކަމަށް އޭޝިއާގެ ދިފާއީ ވަޒީރުންގެ ބައްދަލުވުމަކީ މުހިންމު ބިންގަލެއް: ރާޖްނާތު ސިންގް

އިންޑޯ-ޕެސިފިކް ސަރަހައްދުގައި ސުލްހަ މަސަލަސްކަމާއި ހަމަޖެހުން ޤާއިމުކުރުމަށްޓަކައި އާސިއާން ޑިފެންސް މިނިސްޓަރސް މީޓިންގ-ޕްލަސް (އޭޑީއެމްއެމް-ޕްލަސް) އަކީ  މުހިންމު ބިންގަލެއް ކަމަށް އިންޑިއާގެ ދިފާޢީ ވަޒީރު ރާޖްނާތު ސިންގް، ވިދާޅުވެއެވެ. ކުއާލަލަމްޕޫރުގައި ވާހަކަ ދައްކަވަމުން ސިންގް ވަނީ ސަރަހައްދީ ސަލާމަތަށްޓަކައި އިންޑިއާގެ "މަހާސާގަރު" ވިސްނުން ހުށަހަޅުއްވާފައެވެ.

މި ފޯރަމްގައި ވާހަކަ ދައްކަވަމުން ސިންގް ވަނީ އިންޑޯ-ޕެސިފިކްގެ ސަލާމަތީ އޮނިގަނޑު ބައްޓަންކުރުމުގައި އޭޝިއާގެ ގައުމުތަކަށް މަރުކަޒީ ދައުރެއް އޮންނަ ކަން ފާހަގަކުރައްވާފައެވެ. އަދި މި ސަރަހައްދުގައި މިނިވަން، ހުޅުވިފައިވާ އަދި ޤަވާޢިދުތަކަށް ބިނާކުރެވިފައިވާ ނިޒާމެއް ކަށަވަރުކުރުމަށްޓަކައި އެންމެން ގުޅިގެން މަސައްކަތްކުރުމަށް ގޮވާލެއްވިއެވެ. ސިންގ ވިދާޅުވީ އިންޑިއާގެ "މަހާސާގަރު" ނަޒަރިއްޔާތުގައި ކަނޑުގފެ ސަރަހައްދު ހިމާޔަތް ކުރުމަށް އެއްބާރުލުން ހިމެނޭ ކަމަށާއި، އަދި ބައިނަލްއަޤްވާމީ ޤާނޫނަށް އިހުތިރާމްކުރުމަށް އިސްކަންދިނުމަކީ އެ ނަޒަރިއްޔާގެ އަސާސެއް ކަމުގައި ވިދާޅުވިއެވެ. އަދި އިންޑިއާގެ މިސިޔާސަތުތަކަކީ އޭޝިއާގެ އެހެން ގައުމުތަކުން ގެންގުޅޭ އިންޑޯ-ޕެސިފިކް ސަރަހައްދުގެ ސަލާމަތާ ބެހޭ ވިސްނުމާ އެއްގޮތް ސިޔާސަތެއް ކަމުގައިވެސް ވިދާޅުވިއެވެ.

އޭޑީއެމްއެމް-ޕްލަސްއަކީ 15 އަހަރު ވެފައިވާ 18 ގައުމުން ބައިވެރިވާ ފޯރަމެކެވެ. 

އިންޑިއާގެ "މަހާސާގަރު" ނަޒަރިއްޔާތަކީ، ކަނޑުގެ ސަލާމަތާއި، ޓެރަރިޒަމާ ދެކޮޅަށް މަސައްކަތްކުރުމާއި، އިންސާނީ އެހީތެރިކަން ފޯރުކޮށްދިނުމާއި، ކާރިސާތަކުގައި އެހީތެރިވުމަށް އިންޑިއާ ތައްޔާރަށް އޮތުމަށް ބާރުއަޅާ ސަރަހައްދީ ސިޔާސަތެކެވެ. ސިންގގެ ވާހަކަފުޅުގައި ސަރަހައްދީ ގޮންޖެހުންތަކަށް ހައްލު ހޯދުމަށްޓަކައި ގައުމުތަކުން ގުޅިގެން މަސައްކަތް ކުރުމަށް އޭނާ ގޮވާލެއްވިއެވެ.

އޭޑީއެމްއެމް-ޕްލަސް އުފެދުނު ފަހުން ނިއުދިއްލީން ވަނީ ތަޖުރިބާކާރުންގެ 4 ބައްދަލުވުމެއްގެ ރިއާސަތު ބެލެހެއްޓުމުގައި ބައިވެރިވެފައެވެ. އެއީ، ވިއެޓްނާމްއާއެކު ހިއުމަނިޓޭރިއަން މައިން އެކްޝަން (2014-17)، އަދި، މިޔަންމާއާއެކު އަސްކަރީ ދާއިރާގެ ބޭސްވެރިކަން (2017-20)، އަދި އިންޑޮނޭޝިއާއާއެކު ހިއުމަނިޓޭރިއަން އެސިސްޓެންސް އެންޑް ޑިޒާސްޓަރ ރިލީފް (އެޗްއޭޑީއާރު) (2020-24)އާއި މެލޭޝިއާއާއެކު ކައުންޓަރ ޓެރަރިޒަމް (2024-27) ގެ ދައިރާ ގައެވެ.

ހިއްސާ ކުރައްވާ!