ދުނިޔޭގައި އަތުން ލިޔެފައިވާ އެންމެ ބޮޑު ޚަތިމު ދައްކާލާފައި ވަނީ ތުރުކީގައެވެ. އިރާގް މީހަކު 6 އަހަރު ވަންދެން ބުރަ މަސައްކަތުން ލިޔުނު މި ޚަތިމު ލިޔެފައި ވަނީ 13 ފޫޓު 4 ފޫޓުގެ ބޮޑެތި ސަފްހާ ތަކުގައެވެ.
ޚަތިމު ލިޔުނު ފަންނާނު އަލީ ޒަމާނަކީ، 1971 ވަނަ އަހަރު އިރާގުގެ ސުލައިމާނިއްޔާއަށް އުފަން މީހެކެވެ. އަދި ކުޑައިރުއްސުރެން އޭނާއަކީ އަރަބި އަތު ލިޔުމަށް ޝައުގުވެރިވާ މީހެކެވެ. ކުރިން އުޅުނީ ރަން ހެދުމުގެ މަސައްކަތުގައެވެ. 2013 ވަނަ އަހަރު އެ މަސައްކަތް ދޫކޮށްލައި ޚަތިމު ލިޔުމަށް އޭނާ ވަގުތު ހުސްކުރީއެވެ.
އަޅީ ޒަމާން މިމަސައްކަތް ކޮށްފައި ވަނީ އިސްތަންބޫލްގެ މުޙައްރަމް ސުލްޠާން މިސްކިތުގެ ކުޑަ ކޮޓަރިއެއްގައެވެ. ކޮންމެ ދުވަހަކުވެސް އެތާނގައި އެތައް ގަޑިއިރެއް އޭނާ ހޭދަ ކުރެއެވެ.
މި މަޝްރޫޢަކީ މުޅިންވެސް އަމިއްލަ ފައިސާއިން ކުރިއަށް ގެންދިޔަ މަޝްރޫޢެކެވެ. ސިއްހީ މައްސަލަތަކާ ގުޅިގެން 2023 ވަނަ އަހަރު ދުވަސްކޮޅަކަށް މަސައްކަތް ހުއްޓާލަން ޖެހުނެވެ.
އަލީ ޒަމާނަށް ވަނީ ސީރިއާ، މެލޭޝިއާ، އިރާގު އަދި ތުރުކީގައި ބައިނަލްއަގުވާމީ އަތުލިޔުމުގެ އެވޯޑްތަކެއް ލިބިފައެވެ.







