ބޫޓާންގައި ފެނުން ކަރަންޓު އުފައްދައި ދެނީ އިންޑިއާގެ އަދާނީ ޕަވަރ ލިމިޓެޑުންނެވެ. އެކުންފުންޏާ އެކު ބޫޓާނުން ވަނީ 570 މެގަވޮޓްގެ ހައިޑްރޯޕަވަރ އެއްބަސްވުމެއްގައި ސޮއިކޮށްފައެވެ. މިއީ ދެގައުމުގެ ހަކަތައާބެހޭ އެއްބާރުލުމުގެ މޭލުގަލެއްގެ ގޮތުގައި ވިދާލުވެ ބޫޓާންގެ ބޮޑުވަޒީރު ދާޝޯ ޓްޝެރިންގް ޓޮބްގޭ ވަނީ ތައުރީފު ކުރައްވައިފަ އެވެ.
އަދާނީ ޕަވަރ އާއި ބޫޓާންގެ ސަރުކާރުގެ ކަރަންޓު ކުންފުނި ޑްރޫކް ގްރީން ޕަވަރ ކޯޕަރޭޝަން (ޑީޖީޕީސީ) ގުޅިގެން ތަރައްގީކުރާ ވަންގްޗޫ ހައިޑްރޯޕަވަރ މަޝްރޫއުގެ ސަބަބުން ދެގައުމަށް ސާފު ހަކަތަ ލިބޭނެއެވެ.ލ އަދި ހަކަތައިގެ ދާއިރާއިން ގުޅުން ބަދަހިވާނެ ކަމަށް ބެލެވެ އެވެ.
ޓޮބްގޭ ވިދާޅުވީ މި ޑީލަކީ އިންޑިއާއާއެކު ސްޓްރެޓެޖިކް ޕާޓްނަޝިޕް ފުންކުރުމަށް ލިބޭ ފުރުސަތެއް ކަމަށެވެ. އަދި މީގެ އިތުރުން އިއާދަކުރަނިވި ހަކަތަ ބޭނުންކުރުމަށް ބޫޓާނުން ކުރާ މަސައްކަތަށް ލިބޭ ހިތްވަރެއް ކަމުގައިވެސް ވިދާޅުވިއެވެ. މި މަޝްރޫއަކީ ބޫޓާންގެ ހައިޑްރޯޕަވަރ ދާއިރާގައި އަމިއްލަ ފަރާތްތަކުގެ އެންމެ ބޮޑު އެއްބާރުލުންތަކުގެ ތެރޭގައި ހިމެނޭ މަޝްރޫއެކެވެ.







