ފަލަ ބައްޔާ ދެކޮޅަށް އައު ފަރުވާއެއް އިއުލާން ކުރުމަށް ވައިޓްހައުސްގައި ބޭއްވި ނޫސްކޮންފަރެންސްގައި މީހަކު އަނބުރައި ގަނެގެން ވެއްޓިއްޖެއެވެ. އެކަމާ ގުޅިގެން ނޫސްވެރިން ނެރެލައި ބައްދަލުވުން މެދުކަނޑައިލިއެވެ.
އެމީހާއަށް ފަރުވާ ދިނީ ބައްދަލުވުމުގެ ބައިވެރިއެއް ކަމަށްވާ ޑރ. މުޙައްމަދު ޢައުޒް އެވެ. ފަހުން އެނގުނު ގޮތުގައި އެމީހާއަކީ އޮޒެމްޕިކް ބޭސް އުފައްދާ ކުންފުނީގެ ރައީސެވެ.
މިކަން ހިނގި އިރު ޓްރަމްޕް ފެންނަނީ ގޮތް ހުސްވެފައި ހުއްޓައެވެ. ހަމްދަރްދީގެ އަސަރެއް އޭނާގެ ކިބައިންނެއް ނުފެނެއެވެ.





