އެމެރިކާ، ސީރިއާ، އަދި ތުރުކީގެ ޚާރިޖީ ވަޒީރުން ވޮޝިންޓަންގައި މަދުން ނޫނީ ނުބާއްވާ ބައްދަލުވުމެއް ބާއްވައި، ޓެރަރިސްޓް ޖަމާއަތެއް ކަމަށްވާ ވައި.ޖީ.ޕީ.ގެ ބާރުގެ ދަށުގައިވާ ސީރިއަން ޑިމޮކްރެޓިކް ފޯސް (އެސް.ޑީ.އެފް) ސީރިއާގެ ސިފައިންނާ އެއްކޮށްލުމުގެ ޕްލޭނެއް ކުރިއަށް ގެންދިއުމަށް އެއްބަސްވެފައިވާ ކަމަށް ސީރިއާގެ ޚާރިޖީ ވުޒާރާއިން ބުނެފައިވެއެވެ.
އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވަނީ ސީރިއާގެ ލީޑަރު އަހުމަދު އައްޝަރުއު އޭނާގެ އޯވަލް އޮފީސްގައި ބައްދަލު ކޮށް މަޝްވަރާތައް ބާއްވާފައެވެ. ޖައުލާނީ ރައީސަކީ މިހާރު ޓްރަމްޕްގެ ފްރެންޑެކެވެ. މިއީ ސީރިއާގެ ލީޑަރަކު ވައިޓް ހައުސްއަށް ވަޑައިގަތް ފުރަތަމަ ފަހަރެވެ. އަދި، އެމެރިކާގެ ވެރިރަށަށް ރަސްމީ ދަތުރުފުޅެއް ކުރެއްވި ފުރަތަމަ ފަހަރެވެ.

ޓްރަމްޕްގެ ބައްދަލުވުމަށްފަހު، އައްޝަރުއު ވަނީ ވައިޓް ހައުސް ބޭރުގައި ސީރިއާ މީހުންނާ އެކު ފޮޓޯ ނަގައިފައެވެ. މި ބައްދަލުވުމާއި ޑީލްތަކުގެ ފަހަތުގައި ޓްރަމްޕްގެ އަމާޒަކީ، އޭނާގެ އާއިލީ ކުންފުނި ކަމަށްވާ ޓްރަމްޕް އެސޯސިއޭޓްސްއަށް ދިމިޝްޤުން ޓްރަމްޕް ޓަވަރަށް ބިންކޮޅަކާއި ވިޔަފާރީގެ އެހެނިހެން ޑީލްތައް ހޯދުމެވެ.







