ގުޅަ ބޭހަކުން 120 އަހަރަށް ދުނިޔެ ހުރެވިދާނެ!

އުމުރު ދިގުކުރުމުގެ މަސައްކަތުގައި މިހާތަނަށް ކުރެވުނު އެންމެ ބޮޑު ދިރާސާގައި ޗައިނާގެ ކުންފުންޏެއް ކަމަށްވާ "ލޮންވީ ބަޔޯސައިންސް" އިން ވަނީ އިންސާނުންގެ އުމުރު 100 އާއި 120 އަހަރާ ދެމެދަށް ދިގުކުރުމަށް އަމާޒުކޮށްގެން، މުސްކުޅިކަން ދިފާއުކުރާ ގުޅަ ބޭހެއް ތައްޔާރުކުރަމުންދާ ކަމަށް ރިޕޯޓުކޮށްފިއެވެ.

މި ގުޅަބޭސް ބިނާކޮށްފައިވަނީ، މޭބިސްކަދުރުގެ އޮށުން ނަގާފައިވާ ތަބީޢީ މާއްދާއެއްގެ މައްޗަށެވެ. އެ ކުންފުނިން ބުނާ ގޮތުގައި، މި އޮށުގައި ހިމެނޭ އެކްޓިވް މޮލިކިއުލްތަކަށް، ހަށިގަނޑުގައި ހަރަކާތްތެރިވެ ދުޅަހެޔޮ ސެލްތަކަށް ގެއްލުންދޭ މުސްކުޅި ކަން ގެނަސްދޭ ސެނެސެންޓް ސެލްތައް މަރާލުމުގެ ގާބިލުކަން ލިބެއެވެ. މި ބޭހުގެ މަސައްކަތުިގައި އުޅޭ ޓީމުން ވަނީ މި މޮލިކިއުލްތަކުގެ އަސަރު އިތުރުކުރުމަށްޓަކައި، މަތީ ކޮންސެންޓްރޭޝަނެއް އެކުލެވޭ ކެޕްސޫލްތަކެއް އުފައްދާފަ އެވެ.

އެ ކުންފުނިން ހާމަކުރާ ގޮތުގައި، އެމީހުންގެ ގުޅަ ބޭސްތަކަކީ ކޮންމެ ކަމަކަށް ހައްލު ހޯދައިދޭ ސިހުރު ވެރި ހައްލެއް ނޫނެވެ. އެކަމަކު، ދުޅަހެޔޮ ދިރިއުޅުމުގެ ވައްޓަފާޅިއަކާއި، ކުރިއަރާފައިވާ ޞިއްޙީ ފަރުވާ ހިމެނޭ ފުރިހަމަ ނިޒާމެއްގެ ތެރޭން މީހާއަށް ދުޅަހެޔޮކަމާއެކު އުމުރު ދިގުކުރުމަށް ބާރެއް ކަމަށެވެ. އެ ކުންފުނިން ބުނާ ގޮތުގައި، މި ގުޔޅަ ބޭސް އާދައިގެ މަތިން ބޭނުންކުރުމުން، އާންމުކޮށް މުސްކުޅިވުމުގެ ސަބަބުން ދިމާވާ ބަލިތައް ފިލުވައި ލެވި، އިންސާނުންނަށް 120 އަހަރާ ހަމައަށް ދުޅަހެޔޮ ކޮށް އުޅުމަށް ފުރުސަތު ލިބިގެންދާނެ އެވެ.

މޭބިސްކަދުރު އޮށުގައި ހިމެނޭ ވަރުގަދަ އެންޓިއޮކްސިޑެންޓްތައް ކަމަށްވާ ޕްރޯއަންތޮސައިނިޑިންސްގެ ސަބަބުން، ޗައިނާގެ ތަބީޢީ ބޭސްވެރިކަމުގައި އަދި ހުޅަނގުގެ ހެލްތު ސަޕްލިމެންޓްތަކުގައި ވެސް މި އޮށަށް ވަރަށް ޚާއްޞަ މަގާމެއް ދީފައިވެ އެވެ. މި މާއްދާތަކުން ދުޅަހެޔޮކަން ދިފާއުކޮށް، ހިތާއި ލޭހޮޅިތަކުގެ ޞިއްޙަތަށް އެހީތެރިވެދެ އެވެ.

މިވާހަކަ އިއުލާން ކުރުމާއެކު، އުމުރު ދިގުކުރުމުގައި ޖެނެޓިކް އަދި ނަފްސާނީ ކަންކަމުގެ ދައުރާ ގުޅޭގޮތުން ބަހުސްތައް އަލުން ފެށިފައި ވެއެވެ. މީޑިއާއިން ބުނަނީ ޗައިނާގެ އަންހެނަކު އޭނާގެ 124 ވަނަ އުފަންދުވަސް ފާހަގަކޯށްފައިވާ ކަމަށެވެ.

 

ހިއްސާ ކުރައްވާ!