ސްލޮވޭކިޔާގައި ދުވާރުމަތިން ބާރަށް ހިނގުން މަނާކޮށްފި

ސްލޮވޭކިޔާގެ ދުވާރު މަތިން ހިނގާފައި ދާއިރު ދުވާލު ގަޑީގައި 6 ކިލޯމީޓަރަށް ވުރެ ބާރަށް ހިނގުން މަނާ ކޮށްފިއެވެ. ސްލޮވޭކިޔާގެ ޕާލިމެންޓުން ވަނީ ދުވާރު ބޭނުންކުރާ ހުރިހާ ފަރާތްތަކަށް، 6 ކިލޯމީޓަރަށް ވުރެން ބާރަށް ހަރަކާތްތެރި ނުވެވޭ ގޮތް ހަދައި ގާނޫނެއް ފާސްކޮށްފައެވެ. މ،ި ގާނޫނަކީ ސުވާރު ހިނގާ މީހުންނާއި، ސައިކަލު ދުއްވާ މީހުންނާއި، ސްކޫޓަރު ދުއްވާ މީހުން ނަށްވެސް އެއަށް އަމަލު ކުރަން ޖެހޭ ގާނޫނެކެވެ.

މިގޮތަށް ކަނޑައަޅައި ބްރިޓިސްލާވާގައި ޕާލަމެންޓުން ގާނޫނު ފާސްކުރުމުން މީހުން ވަނީ މިއީ ފާޑު ކިޔުން ބޮޑު އަދި ހިޔާލުތަފާތުވުން އުފެދިފައިވާ ޤާނޫނެއް ކަމުގައި ބުނެފައެވެ. މި ޤާނޫނަށް އަމަލުކުރަން ފަށާނީ 2026 ވަނަ އަހަރުގެ ޖަނަވަރީ މަހުގެ 1 ވަނަ ދުވަހުން ފެށިގެންނެވެ.

މި ޤާނޫނުގެ މަޤްޞަދަކީ ހިނގާފައިދާ މީހުންގެ ރައްކާތެރިކަން އިތުރުކުރުން ކަމަށް ސަރުކާރުން ބުނި ނަމަވެސް، ޢާންމުން އެކަން ގަބޫލެއް ނުކުރެއެވެ. މި ޤާނޫނާ ޚިލާފުވާ ފަރާތްތައް 100 ޔޫރޯއާ ހަމައަށް ޖޫރިމަނާ ކުރެވޭނެއެވެ.

ފާޑުކިޔާ ފަރާތްތަކުން ބުނާ ގޮތުގައި މިގޮތަށް ދުވާރުމަތިން ހިނގާއިރު ދުވެލީގެ މިންވަރު ކަނޑައެޅުމަކީ ޢަމަލީ ގޮތުން ކުރެވޭނެ ކަމެއް ނޫނެވެ. އެފަރާތްތަކުން ފާހަގަކުރާ ގޮތުގައި ކުޑަކުދިން ދުވާރު މަތީ ބައިސައިކަލު ދުއްވާއިރުވެސް ގަޑިއަކު 6 ކިލޯމީޓަރަށް ވުރެ ބާރަށް ދުއްވައެވެ.

ސިވިލް ސޮސައިޓީގެ ގްރޫޕްތައް ކަމަށްވާ ބައިސިކަލް ދުއްވާ މީހުންގެ ޖަމުއިއްޔާ ސައިކްލޮކޯލިޝިއާ އާއި ނުތަނަވަސް މައިންގެ ޖަމުއިއްޔާ އެންކްޝަސް މަދަރސް ފަދަ ޖަމާޢަތްތަކުން ވަނީ މި ޤާނޫނަކީ "ބުއްދީގެ ހަމަތަކުން ބޭރު" ގާނޫނެއް ކަމަށް ސިފަކޮށްފައެވެ. އަދި އެމީހުން ދަނީ ރައީސް ރޮބަރޓް ފިކޯ މި ޤާނޫނު ތަޞްދީޤު ނުކުރެއްވުމަށް ގޮވާލަމުންނެވެ. ބައެއް ފަރާތްތަކުން ދެކޭ ގޮތުގައި މި ފިޔަވަޅަކީ ސަރުކާރުން ފަރުދީ މިނިވަންކަން ހަނިކުރުމަށް ކުރަމުންދާ މަސައްކަތްތަކުގެ ބައެކެވެ.

މި ޤާނޫނު ފާސްކުރީ މިދިޔަ އަހަރު ޓްރެފިކް އެކްސިޑެންޓްތަކުގައި ދުވާރުމަތިން ހިނގާ މީހުންގެ 67 މީހުންނާއި ސައިކަލު/ސްކޫޓަރު ދުއްވާ މީހުންގެ 22 މީހުން މަރުވެފައިވާ ކަމަށް ރިޕޯޓު ކުރުމުންނެވެ. ނަމަވެސް، މިއެކްސިޑެންޓްތައް ހިނގާފައި ވަނީ ދުވާރުމަތީގައި ކަމެއް ނޫން ކަމެއް ފުލުހުންގެ ތަފާސްހިސާބުތަކުން ސާފުވާކަށް ނެތެވެ.

ހިއްސާ ކުރައްވާ!