އެމިރޭޓްސްގައި ހިލޭ ވައިފައި ދޭން ފަށަނީ

’ދުނިޔޭގެ އެއްވަނަ އެއާލައިން' ގެ އުދުހޭ ބޯޓުތަކުގައި މި މަހުން ފެށިގެން ހައި އިސްޕީޑް އިންޓަރނެޓްގެ ޚިދުމަތް ލިބެން ފަށާނެއެވެ. އެމިރޭޓްސްގެ ބޯޓުތަކުގައި އިންޓަރނެޓްގެ ޚިދުމަތް ހިލޭ ދޭނީ ސްޓާލިންކް ވައިފައި ބޭނުން ކޮށްގެންނެވެ.

އެމިރޭޓްސްގެ ފުރަތަމަ ބޯޓުގައި ހިލޭ ވައިފައި ދޭން ފަށާނީ ނޮވެމްބަރު 23 އިން ފެށިގެން ނެވެ. މި ޚިދުމަތުގައި ފަސިންޖަރުންނަށް ވީޑިއޯ ސްޓްރީމްކޮށް، ވީޑިއޯ ކޯލް ކޮށް، ގޭމް ކުޅެ، މަސައްކަތަށް އިންޓަރނެޓް ބޭނުންކޮށް ސޯޝަލް މީޑިއާ ވެސް ވަގުތުން ބޭނުން ކުރެވޭނެއެވެ.

އެމިރޭޓްސްގެ އުދުހޭ ބޯޓުތަކުގައި، 40،000 ފޫޓުގައި މި ޚިދުމަތް ލިބޭނީ ހިލޭ އެވެ.

އެމިރޭޓްސްގެ ބޮއިންގް 777 ގެ 232 ބޯޓުގެ ތެރޭން ކޮންމެ މަހަކު 14 ބޯޓެއްގައި ސްޓާލިންކް ގެ އިންޓަނެޓް ވައިފައި ހަރުކޮށް ބޭނުން ކުރަން ފަށާނެއެވެ. އަދި މި ބޯޓުތަކުގައި ވައިފައި ހަރުކޮށް ނިމުމުން އެއާބަސް 380ގެ ބޯޓުތަކުގައި ވެސް އެމިރޭޓްސްއިން އަންނަ އަހަރުގެ ކުރީކޮޅު ވައިފައި ތައާރަފް ކުރާނެއެވެ.

 

ހިއްސާ ކުރައްވާ!