ބަނގްލަދޭޝްގެ ކުރީގެ ބޮޑު ވަޒީރު ޝެއިޚު ހަސީނާގެ އަވަމީ ލީގުން ޑާކާއާއި އެހެނިހެން ސިޓީތަކުގައި ކުރިއަށް ގެންދިއުމަށް ގޮވާލި ހަޅުތާލަށް ފުޅާދާއިރާއެއްގެ ތަރުހީބެއް ލިބިފައި ވުމާއެކު ފެނިގެންދިޔައީ، ސިޔާސީ މައިދާނަށް އެޕާޓީ އަލުން ނިކުމެފައިވާ ކަމުގެ އިޝާރާތެއް ކަމަށް ބުނެއެވެ. އަވާމީ ލީގަކީ، ޔޫނުސް ސަރުކާރުން މަނާކޮށްފައިވާ ޕާޓީއެކެވެ.
ހަޅުތާލްގެ ސަބަބުން މަގުތައް ހުސްވެ، ސްކޫލްތައް ބަންދުކޮށް، ސަލާމަތީ ބާރުތައް ހަރަކާތްތެރިވާން މަޖުބޫރު ކުރިއެވެ.
އަދި އެކަމުގެ ސަބަބުން ޔޫނުސްގެ ވަގުތީ ސަރުކާރުގެ ނުތަނަވަސްކަން ހާމަވެގެން ދިޔައެވެ.
ޝައިޚް ހަސީނާއަށް ޙުކުމް ކުރަން ތައްޔާރު ވުމާއެކު އޭނާއަށް އާންމުންގެ ތާއީދު ބޮޑު ކަމަށް ދައްކާފައި ވެއެވެ. އަދި، ވަގުތީ ސަރުކާރުގެ ޝަރުޢިއްޔަތާ މެދު ސުވާލު އުފެދޭ މިންވަރު ހާމަކޮށްދެއެވެ.
މީޑިއާއިން ބުނާ ގޮތުގައި ހުކުމާއެކު ފެމނިގެން ދަނީ އަވާމީ ލީގުގެ ބޭރުންވެސް ހަސީނާއަށް ތާއީދު ބޮޑުވަމުން އަންނ މަންޒަރެވެ.
އިދިކޮޅު ބީއެންޕީ، ޖަމާޢަތޭ އިސްލާމީއާއި، އަދި އެހެން ޕާޓީތަކުން ވަނީ ހަޅުތާލުގައި ރައްޔިތުން ދައްކާފައިވާ އެއްބައިވަންތަކަމުން ހައިރާން ވެފައެވެ.
ނަމަވެސް އަވާމީ ލީގަކީ ބަނގްލަދޭޝްގައި ބާއްވާ އިންތިޚާބުގައި ބައިވެރި ކުރުމަށް ސަރުކާރުން ދެކޮޅު ހަދާ ޕާޓިއެކެވެ. އެހެންވެ، އެޕާޓީ، ބާކީކޮށްފިނަމަ ފެބްރުއަރީ މަހުގެ އިންތިޚާބު ގާނޫނާ ހިލާފު އިންތިޚާބެއް ކަމަށް ބެލެވޭނެއެވެ. އަދި ގިނަ އަދަދެއްގެ މީހުން މި އިންތިޚާބު ބޮއިކޮޓް ކުރުމަކީ އެކަށީގެންވާ ކަމެކެވެ.





