އެމެރިކާގެ ޑެންވަރގައި، ޕަބްލިކް ހެލްތުގެ އިންސްޕެކްޓަރަކު ވަނީ މަގުމަތީގައި ކާބޯތަކެތި ވިއްކާ މީހަކު ތައްޔާރުކޮށްފައި ހުރި ކާނާއަށް ބްލީޗް އަޅައިގެން އެތަކެތި ނައްތާލުމަށް މަސައްކަތް ކޮށްފައެވެ. މި މަންޒަރު ފިލްމުކޮށްފައިވާ ވީޑިއޯތަކާ ގުޅިގެން، އެ އިންސްޕެކްޓަރަށް އާންމުންގެ ފާޑުކިޔުންތައް އަމާޒުވެއްޖެއެވެ. ބްލީޗް އެޅި ކާނާގެ ތެރޭގައި ސީރާކޮށްފައިވާ ތަރުކާރީއާއި އަސާރަ ފަދަ ބާވަތްތައް ހިމެނެއެވެ.
މި ހާދިސާ ހިނގާފައިވަނީ ވިޔަފާރިވެރިޔާއަށް ކާނާ ވިއްކުމަށް ހުއްދަ ނެތް ކަމަށާއި ސަލާމަތީ ކަންކަމުގެ ގަވާއިދުތަކާ ޚިލާފުވެފައިވާ ކަމުން ނަސޭހަތްތެރިވުމަށް ފަހުގައެވެ. އެ އިންސްޕެކްޓަރު ވަނީ އެ ވިޔަފާރިވެރިޔާގެ ކާނާގެ ކޮންޓެއިނަރުތަކަށް ބްލީޗް އަޅައި، އެ ކާނާ ބޭނުން ނުކުރެވޭ ގޮތް ހަދާފައެވެ. ނަތީޖާއެއްގެ ގޮތުން، ވިޔަފާރިވެރިޔާއަށް އެތައް ހާސް ޑޮލަރުގެ ގެއްލުމާ ކުރިމަތިލާން ޖެހުނު ކަމަށް އޭނާ ކިޔައި ދީފައި ވެއެވެ.
މި ހާދިސާގެ ވީޑިއޯ، އާންމުވެ، އެތައް މިލިއަން ބަޔަކު ބަލާފައި ވެއެވެ. ވީޑިއޯއިން ފެންނަ ގޮތުގައި އިންސްޕެކްޓަރު ވަނީ ކޮންމެ ކޮންޓެއިނަރު ތަކަށް ބްލީޗް އަޅާފައެވެ.
އާންމުން ބުނީ މި އަމަލަކީ އިންސާނިއްޔަތާ ޚިލާފު އަދި ހައްދުފަހަނައަޅާފައިވާ އަމަލެއް ކަމަށެވެ. ގިނަ ބަޔަކު ވަނީ މިކަން ސިފަ ކުރީ އެމެރިކާގެ ތާރީޚުގައި ނަސްލީ ތަފާތުކުރުން އޮތް ދުވަސްވަރު، ޖިމް ކްރޯގެ ޒަމާނުގައި އާންމު ފެންގަނޑުތައް ވަކިކުރުމަށް ބްލީޗް ބޭނުންކުރި ގޮތަށް ކޮށްފައިޮޥާ ކަމެއް ކަމަށެވެ.
މި ހާދިސާއާ ގުޅިގެން އެމެރިކާގައި އިންސާނީ ކަރާމަތަށް ބަލާ މިންވަރާ މެދު އުސާ ލު އުފެދިފައި ވެއެވެ. އަދި މިކަމަކީ ނަސްލީ ތަފާތު ކުރުމުގެ އަމަލެއް ކަަމށްވެސް ބުނެއެވެ. މި އަމަލު ރައްދު ވި ވިޔަފާރި ވެރިޔާއަކީ މެކްސިކޯ ދަރިކޮޅުގެ މީހެކެވެ.






