މިސްރުގައި ވަރިކުރުން އިތުރިވެގެން ދިޔަ ގޮތް ރައީސް ސީސީ ހޯއްދަވައިފި

މިސްރުގައި ވަރިކުރުން އިތުރު ވެގެން ދިޔައީ ޑްރާމ ތަކާ ހެދި ކަމަށް ވިދާޅުވެ މިސްރުގެ ރައީސް އަބްދުލްފައްތާހު އައްސީސީ އައު ނަޒަރިއްޔާތެއް އާންމު ކުރައްވައިފިއެވެ. ޕޮލިސް އެކަޑެމީއަށް އަލަށް ވަން ޒުވާނުންނާ މުޚާތަބު ކުރައްވައި ވާހަކަ ދައްކަވަމުން ސީސީ ވިދާޅުވީ މިސްރުގައި ވަރި ގިނަވާން ދިމާވީ އަގު ބޮޑު ގެތައް ދައްކައި އިޖުތިމާއީ ހާލަތާ ޚިލާފަށް މީހުންނަށް މަތީ ފެންވަރުގެ ދިރިއުޅުމުގެ ދަޅަތައް ސިލްސިލާތަކުގައި ދެއްކުމުންނެެވެ.

މި ސިލްސިލާތަކުގައި މީހުންނަށް ފެނުނު ދިރިއުޅުމުން އާންމުންނަށް ހީވެގެން ދިޔައީ ހަގީގީ ދިރިއުޅުމަކީ އެއީ ކަމަށެވެ. އެހެންވެ އެމަންޒަރު ހިތަށް ސިފަކޮށްގެން ގެއަށް ދާއިރު އެއްވެސް މީހަކު އަނެކާއާ މއެދު ގަޔާވެފައެއް ނުހުރެއެވެ. މައިން ބަފައިންނާއި ދަރިންނާ ދެމެދު މައްސަލަ ޖެހި އަނބިންނާއި ފިރިންނާ ދެމެދު މައްސަލަ ޖެހި ޒަވާޖީ ހަޔާތް ރޫޅުމަށް މެދުވެރި ވަނީ ކަމަށް ސީސީ ރައީސް ވިދާޅުވިއެވެ.

ސީސީ ރައީސަކީ އޮޓޯކިއުއާ ނުލައި މިނިވަންކަމާއެކު ތަގްރީރު ދެއްވާ ރައީސެކެވެ. ބައެއް ފަހަރަށް އާދަޔާ ޚިލާފު، ކޮޅު ނުބެދޭ ނަޒަރިއްޔާތުތައްވެސް ރައީސް ސީސީ ތިލަކޮށް ދެއްވައެވެ. އަދި އެންމެ ފަހުން ސީސީގެ އެފަދަ ސައުންޑް ބައިޓްތައް މީސްމީޑިއާގައި މީމްތަކެއް ހެން އެނބުރައި ހަދައެވެ.

ހިއްސާ ކުރައްވާ!