އެމެރިކާގެ ޤާނޫނުހަދާ މަޖިލީހުގެ ކަނާތުފިޔައިގެ ނުފޫޒުގަދަ މެންބަރު، މާޖަރީ ޓޭލަރ ގްރީން، ކޮންގްރެސްގެ ގޮނޑިން އިސްތިއުފާ ދެއްވާފައިވާކަން ހުކުރު ދުވަހު އިއުލާނުކުރައްވައިފިއެވެ. އޭނާ އިސްތިއުފާ ދެއްވީ ރައީސް ޑޮނަލްޑް ޓްރަމްޕް، ޖޯޖިއާގެ މި ރިޕަބްލިކަން މެންބަރަށް މީޑީއާގައި ފުރައްސާރަ ކުރައްވައި އެނާގެ އަގު ވައްޓާލުމަށް މަސައްކަތް ކުރެއްވުމާ ގުޅިގެންނެވެ.
ޓްރަމްޕް ވަނީ އޭނާ ގްރީންއަށް ދެއްވަމުން އައި ތާއީދު ކަނޑާލެއްވި ކަން މިދިޔަ ހަފްތާ ގައި އިއުލާން ކުރައްވާ ފައެވެ. ގްރީން ކޮންގްރެސްގެ މެމްބަރުކަމުގައި އެންމެ ފަހު މަސައްކަތް ކުރައްވާ ދުވަހަކީ 2026 ވަނަ އަހަރުގެ ޖަނަވަރީ މަހުގެ 5 ވަނަ ދުވަހެވެ.
އޮންލައިންކޮށް އާންމު ކުރެއްވި ވީޑިއޯއެއްގައި، 2020 ވަނަ އަހަރު އިންތިޚާބުވެވަޑައިގެންނެވި 51 އަހަރުގެ ކޮންގްރެސްވުމަން ވިދާޅުވީ، އޭނާއަކީ "ވަޝިންގްޓަންގައި އަބަދުވެސް ނުރުހުން ލިބިފައިވާ އަދި އެތަނަށް ފިޓްނުވާ" މީހެއް ކަމަށެވެ.
ގްރީންގެ އިސްތިއުފާގެ ސިޓީގައި ވަނީ ޚާއްސަ މައްސަލައަކަށް އިޝާރާތްކުރައްވާފައެވެ. "އުމުރުން 14 އަހަރުގައި ޖިންސީ ގޯނާގެ ޝިކާރައަކަށްވާ، ގަވާއިދާ ޚިލާފަށް ޖިންސީ ވިޔަފާރިކޮށް، މުއްސަނދި ނުފޫޒުގަދަ ފިރިހެނުން ނާޖާއިޒު ފައިދާ ނަގާ އެމެރިކާގެ އަންހެނުންނަށްޓަކައި އަޑުއުފުލުމުގެ ސަބަބުން، އަހަރެން އެމީހަކަށްޓަކައ ކެމްޕޭން ކޮށްދިން އެމެރިކާގެ ރައީސާ ބެހޭގޮތުން ޚިޔާނާތްތެރިއެއް ކަމަށް ގޮވައި އަދި ބިރުދެއްކުމަކީ ހިނގައިގެންވާނެ ކަމެއް ނޫން،" ގްރީން ވިދާޅުވިއެވެ.
ޓްރަމްޕް، އޭބީސީ ނިއުސްއަށް ދެއްވި ފޯން އިންޓަވިއުއެއްގައި ގްރީންގެ އިސްތިއުފާ ސިފަކުރެއްވީ "ގައުމަށް ލިބުނު އުފާވެރި ޚަބަރެއް" ކަމަށެވެ. އަދި އޭނާ އެކަމުގެ އިޝާރާތެއް ނުދެއްވާ ކަމަށާއި އެކަމަކު "އެއީ މުހިންމު ކަމެއް ނޫން… އަޅުގަނޑު ދެކެނީ އޭނާ އުފާކުރައްވަން ޖެހޭނެ ކަމަށް،" ޓްރަމްޕް ވިދާޅުވިއެވެ.
Greene’s Exit Puts Spotlight on America’s Hidden Crisis of Child Abuse and Marriage Laws





