ޔޫއޭއީގެ ޝާރިޤާއިން އައު ވައްތަރެއްގެ ހިންޏެއް ހޯދައިފިއެވެ. މިއީ މި ސަރަހައްދުން މިބާވަތުގެ ހިނި ފެނުނު 3 ވަނަ ފަހަރެވެ. މި ހިންޏަކީ ބިމު އަޑީގައި އުޅޭ ވައްތަރެއް ކަމުން ހޯދައި ގަންނަން އުދަނގޫ ވެއެވެ.
މި ހިނި ހުންނަނީ މަޑު ރީނދޫ ކުލައިގައެވެ. އަދި ގައިގައި ކެހެރި ފަޅާފައި ހުރެއެވެ. އަދި ބޮލުގައި ދެ ދަޅަ ފަޅާފައިވެސް ހުރެއެވެ.






