ސައޫދީ ވަލީ ޢަހުދު ވަނީ ޓްރަމްޕަށް އޭނާގެ ސައިޒު ކަށަވަރު ކޮށްދެއްވާފަ

ވައިޓް ހައުސްގައި އޮތް ބައްދަލުވުމުގައި ފަލަސްޠީނުގެ މައްސަލައަށް ޚިޔާނާތްތެރި ވުމަށް އެމެރިކާ ރައީސް ތަކުރާރު ކޮށް ސައޫދީ ވަލީ ޢަހުދަށް ބާރު އެޅުއްވުމުންވެސް މުޙައްމަދު ބިން ސަލްމާން އެކަމަށް ތަކުރާރުކޮށް ދެކޮޅު ހައްދަވައި ނޫނެކޭ ވިދާޅުވިކަމަށް މީޑިއާއިން ރިޕޯޓް ކުރަން ފަށައިފިއެވެ.

މިކަން ޔަގީން ކޮށްދީފައި ވަނީ އެމެރިކާގެ ދެ އޮފިޝަލަކާއި އަދި އެ މަޝްވަރާތަކަށް އަހުލުވެރި މަސްދަރަކާ ހަވާލާދީ އެކްސިއޮސް ނޫހުންނެވެ.

ޔަހޫދީންނާ އަރަބިން ތައްކުރުމަށް އެމެރިކާއިން އެކުލަވާލާފައިވާ އިބްރާހީމީ މުއާހަދާ އަކީ ޓްރަމްޕްގެ އުފެއްދުމެވެ.

އޭނާ ވނީ، 2020 ވަނަ އަހަރު ޔޫއޭއީއާއި، ބަހްރެއިނާއި ސޫދާނާއި އަދި މޮރޮކޯ އިޒްރޭލާ ތަތް ކުރުމުގައި ކާމިޔާބީ ހޯދާފައެވެ.

ސައޫދީ ވަލީޢަހުދު ޓްރަމްޕަށް ވިސްނައި ދެއްވީ އިސްރާއީލާ އެކު ގުޅުން ކުރިއަށް ގެންދަން ބޭނުންވި ނަމަވެސް މިހާރު އެކަން ކުރެވޭނެ ގޮތެއް ނެތް ކަމަށް، މި ވާހަކައަށް އަހުލުވެރި ފަރާތަކުން ބުންޏެވެ.

މުޙައްމަދު ބިން ސަލްމާން ވިދާޅުވީ ސައުދީ މުޖުތަމައު މިފަދަ ފިޔަވަޅަކަށް އަދި "ތައްޔާރެއް ނޫން" ކަމަށެވެ. އަދި ޔަހޫދީންގެ ޖެނޮސައިޑުން ފަލަސްތީނުގެ އެތައް ހާސް ބަޔަކު ޝަހީދުކޮށްފައިވާ ކަން މުހައްމަދު ބިންސަލްމާން ވިދާޅުވެ ދެއްވި ކަމަށް ވެއެވެ.

އަދި ސައޫދީ ވަލީ އަހުދު ވަނީ ޒަމާނުއްސުރެ ސައުދީ އަރަބިއްޔާއިން ހުށަހަޅާ ޝަރުޠު ތަކުރާރު ކުރައްވާފައެވެ. އެއީ ފަލަސްތީނުގެ މިނިވަން ދައުލަތަކަށް "ފަސް ނުޖެހޭ، އިތުބާރު ކުރެވޭ، އަދި ވަގުތު ކަނޑައެޅިފައިވާ މަގެއް" ދެއްކުން ކަމަށް ވެއެވެ.

ޓްރަމްޕަކީ އަރަބިންގެ ވިޔާރިހޯދުމަށާއި އޭނާގެ އާއިލާއަށް ވިޔަފާރި ހޯދުމަށް އެދުން ބޮޑު ފަރާތެކެވެ. ނަމަވެސް އޭނާ ވަނީ ޖެނޮސައިޑަށް ފަހިކޮށްދިން ކަމަށް އެއްބަސްވެފައެވެ. އަދި ޣައްޒާއިން ނަސްލު ސާފުކޮށްލުމަށް ބަޔާންތައް ދީފައެވެ. އަދި ފަލަސްޠިނުގެ މިނިވަން ދައުތަކަށް ހުރަސް އަޅާފައެވެ. ޓްރަމްޕަކީ ބައިނަލްއަގްވާމީ ނިންމުންތަކާ ޚިލާފަށް ހިފާފައިވާ ގުދުސްއަށް އެމެރިކާ އެމްބަސީ ބަދަލު ކުރި ރައީސް ވެސް މެއެވެ.

މުހައްމަދު ބިން ސަލްމާންގެ މި ނިންމުމަށް އެތައް ފަރާތަކުން މަރުޙަބާ ކިޔައި ތައުރީފު ކޮށްފައި ވެއެވެ.

 

ހިއްސާ ކުރައްވާ!