އިންޑިއާ އާއި މޮރޮކޯގެ ކަނޑުގެ ސިފައިންގެ ގުޅުން ބަދަހިކުރަން އެއްބަސްވެއްޖެ

އިންޑިއާގެ ނޭވީ އާއި ރޯޔަލް މޮރޮކަން ނޭވީގެ ގުޅުން އިތުރަށް ބަދަހިކުރުމަށް އެއްބަސްވެފައިވާ ކަމަށް އިންޑިއާގެ ކަނޑުގެ ސިފައިންގެ ފަރާތްތަކުން ހާމަކޮށްފިއެވެ. ދެ ފަރާތުގެ އެއްބަސްވުމުގައި މައިގަނޑު ސަމާލުކަމެއް ދީފައިވަނީ ތަމްރީނު ޕްރޮގްރާމުތައް ބަދަލުކުރުމާއި ކަނޑުދަތުރުފަތުރުގެ ސަލާމަތީ ކަންކަމަށެވެ.

ރޯޔަލް މޮރޮކަން ނޭވީގެ އިންސްޕެކްޓަރ ރިއާ އެޑްމިރަލް މުޙައްމަދު ތާހީން ވަނީ ރަސްމީ ދަތުރުފުޅެއްގައި އިންޑިއާއަށް ވަޑައިގެންފައެވެ. އޭނާއަށް ނިއުދިއްލީގައި އޮނާ ގާޑެއް އަރުވާފައި ވެއެވެ.

އިންޑިއާގެ ނޭވަލް ސްޓާފްގެ ޗީފް އެޑްމިރަލް ދިނޭޝް ކޭ. ޓްރިޕާޓީ އާއި ރިއާ އެޑްމިރަލް ތާހީން ވަނީ ދެ ގައުމުގެ ރަސްމީ މަޝްވަރާތައް ބާއްވާފައެވެ.

މި މަޝްވަރާތަކުގައި މުހިންމުކަން ދީފައި ވަނީ ތަރުތީބު ކުރެވިފައިވާ ތަމްރީނު ޕްރޮގްރާމްތައް އިތުރު ކުރުމަށާއި ކަނޑުގެ ސަލާމަތީ ކަންކަމުގައި މައުލޫމާތު ބަދަލުކުރުން އިތުރުކުރުމަށެވެ. އަދި، އަދި ކަނޑުގެ މަގުތައް ރައްކާތެރިކުރުމަށް ފުޅާ ދާއިރާއެއްގައި ދެގައުމުން ގުޅިގެން މަސައްކަތްކުރުމަށެވެ.

މި ބައްދަލުވުމުގެ ކުރިން އިންޑިއާގެ ދިފާޢީ ވަޒީރު ރާޖްނާތު ސިންގް ވަނީ މިދިޔަ ސެޕްޓެންބަރު މަހު މޮރޮކޯއަށް ރަސްމީ ދަތުރުފުޅެއް ކުރައްވާފައެވެ. އެ ދަތުރުފުޅުގައި ބޫ ރަޝީދުގައި ސިންގ ވަނީ ޓާޓާގެ ފެކްޓްރީއެއް އިފްތިތާހު ކޮށްދެއްވާފައެވެ. އެ ފެކްޓަރީއަކީ "މޭކް ވިތް ފްރެންޑްސް"ގެ ނަމުގައި އިންޑިއާ އިން ހިންގާ މަޝްރޫޢުގެ ދަށުން، އިތުބާރު ކުރެވޭ ޤައުމުތަކާ ގުޅިގެން ދިފާޢީ މަތީ ފެންވަރުގެ ޓެކްނޮލޮޖީ އުފެއްދުމުގެ ބައެއް ކަމަށް ސިންގް ވަނީ ސިފަކުރައްވާފައެވެ.

އެ ދަތުރުފުޅުގައި އިންޑިއާ އާއި މޮރޮކޯއާ ދެމެދު ދިފާޢީ އެއްބާރުލުމާ ބެހޭ ފަހުމުނާމާއެއްގައިވެސް ސޮއިކުރެވުނެވެ. މި އެއްބަސްވުމުގެ ދަށުން ގުޅިގެން ކުރާ އަސްކަރީ ތަމްރީނުތަކާއި، ދިފާޢީ ސިނާއަތުގެ އެއްބާރުލުމާއި، އަސްކަރީ ދާއިރާގެ ބޭސްވެރިކަމާއި، ސައިބަރ ދިފާޢީ ދާއިރާއާއި، އަދި ސުލްޙައަށް މަސައްކަތް ކުރުމަށް އެއްބަސްވެފައި ވެއެވެ.

ހިއްސާ ކުރައްވާ!