ބެއިޖިން އިން އާ ސައިބަރސްޕޭސް އައިޑީ ސިސްޓަމެއް ތަންފީޒުކޮށްފިއެވެ. ޗައިނާގައި މީސްމީޑިއާ ބޭނުންކުރާ ހުރިހާ ފަރާތްތަކުން ވެސް ޕޯސްޓް ކުރުމުގެ ކުރިން މޫނު ދަނެގަނެ، އެމީހާއަކީ ކާކުކަން ސިސްޓަމުން ޔަގީން ކުރަން ޖެހެ އެވެ. ޗައިނާއިން މި ފިޔަވަޅުތައް ތައާރަފް ކޮށްފައި ވަނީ 15 ޖުލައި ގައެވެ. މި ފިޔަވަޅާއެކު ޗައިނާގައި އޮންލައިންކޮށް އެއްވެސް ފަރާތަކަށް ފޮރުވިގެން ހުރެ މީސްމީޑިއާގެ އެއްވެސް ވަސީލަތެއް ބޭނުމެއް ނުކުރެވޭނެއެވެ. ވީޗެޓް، ވެއިބޯ، ބިލިބިލީ، އަދި ޑޫއިން ފަދަ ޕްލެޓްފޯމްތަކުގައި ކޮންޓެންޓް އުފައްދާ ފަރާތްތައް ޓްރޭސްކޮށް މޮނިޓަރ ކުރުމުގެ ފުރުސަތު ކަމާ ބެހޭ ފަރާތްތަކަށް މިހާރު ލިބިގެން ވެއެވެ..
ހުޅަނުގުގެ ފަރާތްތަކުން ވަނީ މިފިޔަވަޅަށް ފާޑު ކިޔާފައެވެ. ހިއުމަން ރައިޓްސް ވޮޗާއި ގާނޫނީ ތަޖުރިބާކާރުން އިންޒާރު ދެނީ މި ސިޔާސަތަކީ ސަރުކާރާ ދެކޮޅު ޚިޔާލު ފާޅު ކުރާ މީހުން ހިމޭންކޮށް، ޚިޔާލުފާޅުކުރުމުގެ މިނިވަންކަން ހަނިކުރާނެ ސިޔާސަތެއް ކަމަށެވެ.
އަދި އެފަރާތްތަކުން މިއަސް ނަންދީފައި ވަނީ މިއީ "ޑިޖިޓަލް ޚުދުމުޚުތާރުކަން" ކަމަށް ބުނެއެވެ.
މިފިޔަވަޅަށް ތާއިދު ކުރާ ފަރާތްތަކުން ބުނާ ގޮތުގައި މި ނިޒާމުގެ ސަބަބުން ގޯސް މައުލޫމާތު ގެތުރުމާއި މަކަރާއި ހީލަތް ހުއްޓުވޭނެ އެވެ. ނަމަވެސް މުހައްލިލުން ބުނާ ގޮތުގައި މިއީ ސަރުކާރުގެ ކޮންޓްރޯލް ވަރުގަދަކޮށް، ވީޕީއެންތަކުގެ ބާރު ކަނޑުވާލައި، ހުރިހާ ޕްލެޓްފޯމްތަކެއްގައި އެއްފަހަރާ މީހުން ބްލޮކް ކުރެވޭނެ ނިޒާމެއް ކަމަށެވެ.
މި ގަވާއިދުގެ ސަބަބުން ގިނަ ބައެއްގެ ކަންބޮޑުވުން އުފެދިފައިވާއިރު، ބައެއް މީހުން ބުނާ ގޮތުގައި މިއީ ޗައިނާގައި މައުލޫމާތުގެ ރަސްމަގަށް ފާރަވެރިވުމުގައި ބަދަލު ވަމުންދާ ހާލަތު ދައްކައިދޭ ކަމެއް ކަމަށެވެ.






