ޓެސްލާއިން ސައިކަލު އުފެއްދުމުގެ ވިޔަފާރިއަށް ނުވަންނާނެ

ޓެސްލާގެ ސީއީއޯ، ބިލިއަނަރު އިލޯން މަސްކް ވަނީ ޓެސްލާއިން ކަރަންޓުން ދުއްވާ ސައިކަލު އުފެއްދުމުގެ ވިޔަފާރިއަށް ނުވަންނާނެ ކަމަށް ބުނެފައެވެ. އޭނާއަށް މިކަން ހާމަ ކުރަން ޖެހުނީ އޭނާއާ ވައްތަރުކޮށް މަބު ބޭނުންކޮށްގެން އުފައްދާފައިވާ ވީޑުިއޯތަކެއްގައި އޭނާ ސައިކަލެއް ދުއްވަނިކޮށް ދެއްކުމާ ގުޅިގެންނެވެ. އޭނާ ބުނެފައި ވަނީ ދުވަހަކު ވެސް އޭނާގެ ކުންފުނިން ސައިކަލެއް އުފައްދާނެ ކަމަށް ގަބޫލު ނުކުރާ ކަމަށް ބުނެފައެވެ.

އިލޯން މަސްކް އޭނާގެ އެކްސް އެކައުންޓްގައި ބުނެފައި ވަނީ، ސައިކަލް ނުއުފެއްދުމަށް ނިންމި މައިގަނޑު ސަބަބަކީ މަގުތަކުގައި ރައްކާތެރިކަމާއެކު ސައިކަލް ނު ދުއްވޭނެ ތީއެވެ. އަދި އޭނާގެ އަމިއްލަ ތަޖުރިބާގެ މައްޗަށް ބިނާކޮށް ބުނެފައި ވަނީ އަހަރެން ސައިކަލެއް ދުއްވަނިކޮށް މަރު ނުވީ ކިރިޔާ އެވެ.

އިލޯން މަސްކްގެ މި ވާހަކަތައް އައިސްފައި ވަނީ ޓެސްލާގެ އަމިއްލައަށް ދުއްވާ އޮޓޯޕައިލެޓް ކާރަށް ފާޑުކިޔުން އަމާޒުވެފައިވާ ދަނޑިވަޅެއްގައެވެ. ބައެއް ރިޕޯޓްތަކުން ތުހުމަތުކޮށްފައިވާ ގޮތުގައި، ޓެސްލާގެ އޮޓޯޕައިލެޓް ކާރަށް ސައިކަލްތަކުގައި ހުންނަ ލައިޓްތައް ދެނެގަތުމަށް ދަތި ވެއެވެ. އެހެންވެ ބައެއް ފަހަރު އެ ކާރުން ސައިކަލްތަކުގައި ފަހަތުން ޖެއްސި ނުރައްކާތެރި އެކްސިޑެންޓްތައް ހިނގާފައިވެއެވެ.

ހިއްސާ ކުރައްވާ!