ބެންގަލޫރުގެ ދެކުނު ސަރަހައްދުގައި ދެވަނަ އެއާޕޯޓެއް އަޅަނީ

ބެންގަލޫރުގައި ދެވަނަ އެއާޕޯޓެއް އެޅުމުގެ މަސައްކަތްތައް ކަރްނާޓަކާ ސަރުކާރުން ރަސްމީކޮށް ފަށައިފިއެވެ. މިކަން ހާމަކުރައްވަމުން އެ ސްޓޭޓްގެ ޗީފް މިނިސްޓަރު ޑީކޭ ޝިވަކުމާރު ވިދާޅުވީ، އާ އެއާޕޯޓު އަޅަން ހަމަޖެހިފައިވަނީ ބެންގަލޫރުގެ ދެކުނު ފަރާތުގައި ކަމަށެވެ. މިއީ މިހާރު ހިންގަމުން އަންނަ ކެމްޕޭގޯވްޑާ އިންޓަނޭޝަނަލް އެއާޕޯޓުގެ ލޯޑު ކުޑަކުރުމަށް އެޅުނު ފުރަތަމަ އަމަލީ ފިޔަވަޅެވެ.

ޝިވަކުމާރު ވިދާޅުވި ގޮތުގައި، މި އެއާޕޯޓު އެޅުމަށް އެކަށީގެންވާ ބިންތަކެއް ހޯދުމަށް ފަހު، އެކަމާ ގުޅޭ ތަފްސީލީ ރިޕޯޓެއް މަރުކަޒީ ސަރުކާރަށް ހުށަހެޅުމަށް އޮފިޝަލުންނަށް ވަނީ އަންގާފައެވެ. އެއާޕޯޓު އަޅާނެ ސަރަހައްދެއް ކަނޑައެޅުމުގައި ބިމުގެ އަގު ހެޔޮ އަދި ޓެކްނިކަލް ގޮތުން މަސައްކަތް ކުރަން ފަސޭހަ ސަރަހައްދުތަކަށް އިސްކަންދޭނެ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ. އަދި ބިން ހޯދުމުގެ މަސައްކަތުގައި އެއްވެސް އަވަށެއްގެ ރައްޔިތުންނަށް އުނދަގޫ ނުވާނެ ގޮތަކަށް އަދި މީހުން ގެދޮރުން ބޭރުނުވާނެ ގޮތަކަށް މަސައްކަތް ކުރާނެ ކަމުގެ ޔަގީންކަން އޭނާ ދެއްވިއެވެ.

އެއާޕޯޓު އަޅާނެ ވަކި ތަނެއް އަދި ފައިނަލް ކޮށްފައި ނުވި ނަމަވެސް، މި އެއާޕޯޓު ވާނީ ދެކުނު ބެންގަލޫރުގައި ކަމަށް ޝިވަކުމާރު ފާހަގަކުރެއްވިއެވެ. މި ފިޔަވަޅަކީ ބެންގަލޫރުގެ އާބާދީ އިތުރުވެ، އިގްތިސާދީ ގޮތުން ކުރިއަރަމުން އަންނަ ވަރަކަށް އެއާޕޯޓުތަކަށް ބާރުބޮޑުވަމުންދާތީ، ދުރުމުސްތަގުބަލަށް އެޅުނު މުހިންމު ފިޔަވަޅެކެވެ.

މި އެއާޕޯޓާއި މިހާރު ބޭނުން ކުރާ އެއާޕޯޓާއެކު ބެންގުލޫރުގައި 3 އެއާޕޯޓު އޮންނާނެއެވެ.

ހިއްސާ ކުރައްވާ!