އިރާނުގެ އައިއާރްޖީސީން ނެރުނު ބަޔާން

އިރާނުގެ އައިއާރްޖީސީން ނެރުނު ބަޔާންގައި ބުނެފައިވެއެވެ.

"އެމެރިކާގެ އުދުވާނީ ބާރުތަކަށް މަރުހަބާ ކިޔައި، އިރާނަށް ހަމަލާދިނުމަށް އެމީހުންގެ ބިންތައް ފަހިކޮށްދޭ ގައުމުތަކަށް، އެމެރިކާއިން ދޭ ހަމަލާތަކާ އެއްވަރުގެ ރައްދު ހަމަލާތަކެއް އެ ގައުމުތަކުގެ އަމިއްލަ ފަސްގަނޑަށް އަތުވެދާނެތީ އެކަމަށް ތައްޔާރުވާންޖެހޭނެއެވެ. އެމެރިކާގެ ލާއިންސާނީ އަމަލުތައް ހުއްޓުވާނެ ބައިނަލްއަގުވާމީ އެއްވެސް އިދާރާއެއް ނެތުމުން، ގުރްއާނުގެ މި އަމުރުފުޅަށް ތަބާވުން ނޫން އިތުރު އިޚްތިޔާރެއް އަޅުގަނޑުމެންނަކަށް ނެތެވެ.

فَمَنِ ٱعْتَدَىٰ عَلَيْكُمْ فَٱعْتَدُوا۟ عَلَيْهِ بِمِثْلِ مَا ٱعْتَدَىٰ عَلَيْكُمْ ۚ ފަހެ، ތިޔަބައިމީހުންގެ މައްޗަށް ދެކޮޅުވެރިވެ حملة ދިން ބަޔެއްގެ މައްޗަށް އެއުރެން ދެކޮޅުވެރިވެ حملة ދިން ފަދަޔަކުން ތިޔަބައިމީހުން ދެކޮޅުވެރިވެ حملة ދޭށެވެ! ސޫރަތުލް ބަގަރާގެ 194 ވަނަ އާޔަތް."

ރޭގައި އެމެރކާއިން ދިން ސޮލީބީ ހަމަލާތައް އަމާޒު ކޮށްފައި ވަނީ ހުޅަނގު ޖާސްކްގައި ހުރި ފެން މީރުކުރާ ޕްލާންޓަކަށެވެ. މީގެ ސަބަބުން 10،000 މީހުންގެ އާބާދީއެއް އޮތް 20 އަވަށަކަށް ފެނުގެ ޚިދުމަތް ވަނީ މެދުކެނޑިފައެވެ.

ކުވޭތާއި ސައުދީ އަރަބިއްޔާގައި ހުރި އެމެރިކާގެ އަސްކަރީ މަރުކަޒުތަކުގައި މިއަދު ހެނދުނު ގޮއްވާލި އާ ގޮވުންތަކާއެކު އެތަންތަން އަދިވެސް ދަނީ އަނދަމުންނެވެ.

ކުވޭތުގައި ހުރި އެމެރިކާގެ މަރުކަޒުގައި އަދިވެސް ދަނީ އަލިފާން ރޯވަމުންނެވެ.

"އެމެރިކާގެ މިސައިލްތައް އެމީހުންގެ ގެތަކަށާއި، ސްކޫލްތަކަށާއި، ހޮސްޕިޓަލްތަކަށް އަރާފާނެތީ ކަންބޮޑުވާންޖެހޭ އިރާނުގެ ރައްޔިތުންނާ ޚިލާފަށް، ޖޯޑަންގެ ރައްޔިތުން އެފަދަ ކަމަކާ ކަންބޮޑުވާކަށް ނުޖެހޭނެއެވެ. އިރާނުގެ މިސައިލްތައް ސީދާ އަމާޒުވަނީ ސޮލީބީންގެ ހަނގުރާމަމަތީ ޖެޓްތަކާއި ޑްރޯންތައް ބަހައްޓާ ހޭންގަރުތަކަށެވެ." އީރާންގެ އައިއާރްޖީސީ

ހިއްސާ ކުރައްވާ!