އިރާނުގައި ނިރުބަވެރި ޖަމާއަތަކަށް ނިސްބަތްވާ ކަމަށް ބުނާ މެންބަރަކު ހައްޔަރުކޮށް، ޝަރީއަތް ކުރުމަށްފަހު ދަންޖައްސައިފިއެވެ.
އިރާނުގެ އަލްބުރުޒް ޕްރޮވިުންސްގެ ކަރަޖު އަވަށުގައި ދިރިއުޅޭ މެހްދީ ޚާންކީގެ ގެ ބަލައިފާސްކުރިއިރު، އޭނާގެ އަތުން ފައިވް-ސެވަން މާކުގެ 5 ފިސްތޯލައާއި، 11 އަތު ބޮމާއި އަދި 30 ރޮކެޓް ލޯޗަރު ޓިއުބު ފެނިފައިވާ ކަމަށް މަސްއޫލުވެރިން ބުނެއެވެ.
މީގެއިތުރުން ގޮވާތަކެތި ގޮއްވާލުމަށް ބޭނުންކުރާ ރިމޯޓާއި، ކަނެކްޓަރުތަކުގެ އިތުރުން ބޮން ހެދުމަށް ބޭނުންކުރާ ގިނަ އަދަދެއްގެ ސާމާނުވެސް އޭނާގެ ގެއިން ވަނީ އަތުލައިގެންފައެވެ.
އޭނާގެ މައްޗަށް ކުށް ސާބިތުވެ ޝަރުއީ މަރުޙަލާތައް ނިމުމަށްފަހު މިއަދު އޭނާ ދަންޖައްސާފައި ވެއެވެ.






