އެމެރިކާއިން ހަމަލައެއް ދީފިނަމަ ގަލްފްގެ ތެޔޮ އުފައްދާ މަރުކަޒުތަކަށް ހަމަލާ ދޭނަން: އީރާން

އެމެރިކާއިން އީރާނަށްދޭ ކޮންމެ އަސްކަރީ އުދުވާނަކަށް ރައްދުދިނުމުގެ ގޮތުން ގަލްފް ސަރަހައްދުގެ ތެލުގެ އުމްރާނީ ވަސީލަތްތަކާއި އެހެނިހެން ސަރަހައްދީ އަމާޒުތަކަށް ހަމަލާދޭނެ ކަމަށް އީރާނުން ސަރީހަ އިބާރާތުން އިންޒާރު ދީފިއެވެ.

މިގޮތުން، އީރާނުގެ ޚާރިޖީ ވަޒީރު ވަނީ އެމެރިކާގެ ބައިވެރިންގެ ގޮތުގައި ތިބި ގަލްފުގެ ގައުމުތަކުގެ ކިބައިން، އީރާނަށް އުދުވާނީ ހަމަލައެއް ނުދިނުމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ގާތު އެދުމަށް އަންގާފައެވެ. އަދި ބުނެފައި ވަނީ އީރާނުން ރައްދު ހަމަލާ ދޭން ތައްޔާރަށް އޮތް ނަމަވެސް، ތެހެރާނުން އިސްކުރަނީ ސިޔާސީ މަޝްވަރާގެ ޒަރީއާއިން ހައްލު ހޯދުން ކަމަށެވެ.

ހިއްސާ ކުރައްވާ!