ޓްރަމްޕްގެ ޖަސްޓިސް މިނިސްޓަރަށް ރުހުން ދިނީ އެންމެ ވޯޓެއްގެ ތަފާތަކުން

އެމެރިކާގެ ގާނޫނު ހަދާ މަޖިލީހުގެ މަތިގެ ކަމަށްވާ ސެނެޓުން ވަނީ، ރައީސް ޑޮނަލްޑް ޓްރަމްޕްގެ ކުރީގެ އަމިއްލަ ގާނޫނީ ވަކީލު ޓޮޑް ބްލަންޗް އެމެރިކާގެ ޖަސްޓިސް މިނިސްޓަރުގެ މަގާމަށް އައްޔަން ކުރަން ރުހުން ދީފައެވެ.

ރިޕަބްލިކަން ޕާޓީގެ މެންބަރުން ޑިމޮކްރެޓުންގެ ކަންބޮޑުވުންތަކަށް ބެލުމެއްނެތި، މި މަޤާމަށް ބްލަންޗް އައްޔަންކުރުމަށް ވޯޓުދިން ވޮޓު ކާމިޔާބުވީ އެންމެ ވޯޓެއްގެ ތަފާތުންނެވެ.

ޑިމޮކްރެޓުން ބްލަންޗު އައްޔަން ކުރުމާ ދެކެޅު ހެދީ މިނިސްޓްރީ އޮފް ޖަސްޓިސް ސިޔާސީ އައްޑާއަކަށް ހަދާށފާނެ ކަމުގެ ބިރު އޮތްކަމަށް ބުނެއެވެ.

އަދި ބްލަންޗަކީ ޓްރަމްޕްގެ އަމިއްލަ ޚާއްޞަ ޤާނޫނީ ވަކީލެއްގެ ގޮތުގައި މަސައްކަތްކޮށްފައިވާ މީހަކަށްވާތީ، ޢާންމު ރައްޔިތުންގެ އައްގަށް ވުރެން އޭނާއާއި ޓްރަމްޕްގެ އަމިއްލަ އެދުން އިސްކޮށްފާނެ ކަމުގެ ބިރު އޮތްކަމަށްވެސް ބުނެފައި ވެއވެ. އޭނާއަށް މަގާމު ލިބުނީ 50 ވޯޓު 49 ވޯޓުގެ ތަފާތަކުންނެވެ.

ހިއްސާ ކުރައްވާ!