އޯގަސްޓް 9 އަކީ އދ. އިން ފާހަގަކުރާ ދުނިޔޭގެ އެކި ގައުމުތަކުގެ އަސްލު ވަޒަންވެރިންގެ ބައިނަލްއަޤްވާމީ ދުވަސް ކަމުގައިވާއިރު، މި އަހަރު މި ދުވަސް ޚާއްޞަކޮށްފައިވަނީ ޖީލުތަކެއް ވަންދެން އަޞްލު ވަޒަންވެރިންގެ ލާބައާއި މަންފާއަށް މަގުފަހިކޮށްދީފައިވާ އެމީހުންގެ ޢިލްމީ އަދި ޘަޤާފީ ނިޒާމުތައް ރައްކާތެރިކުރުމަށެވެ.
މި އަހަރުގެ މައިގަނޑު މައުޟޫޢު ބިނާވެފައިވަނީ ވަޒަނާއި ބިމާއި، ރޫޙާނިއްޔަތާއި، މުޖުތަމަޢާއި، އަދި ދިރިއުޅުމުގެ ވައްޓަފާޅި ގުޅުވައިދޭ ވަށާޖެހޭ ނިޒާމީ ވިސްނުމެއްގެ މައްޗަށެވެ. އަދި ދުނިޔޭގެ އެކި ކަންކޮޅުތަކުގައި މި އަހަރު ޚާއްޞަ ސަމާލުކަމެއް ދީފައިވަނީ "އަޞްލު ވަޒަންވެރިންގެ ފޫޅޫމައިންގެ އަގުވަޒަންކުރުން: ދިރިއުޅުމާއި އުފާވެރިކަން ރައްކާތެރިކުރުން" މި ޝިއާރުގެ ދަށުންނެވެ.
މިއަހަރު ބަންގްލަދޭޝްގައި މި ދުވަސް އިންތިޒާމުކުރި ފަރާތްތަކުން މި ޙަރަކާތް ބޭނުންކޮށްފައިވަނީ އަޞްލު ވަޒަންވެރިންނަށް ޤާނޫނުއަސާސީގެ ޙައްޤުތަކާއި، ބިމުގެ ޙައްޤުތަކާއި އަދި އެހެނިހެން ޙައްޤުތައް ހޯދައިދިނުމަށް އެދި އަޑުއުފުލުމަށެވެ.
އެ ޤައުމުގެ 180 މިލިއަން މީހުންގެ އާބާދީގެ ތެރެއިން 6 ލައްކައެއްހައި މީހުންނަކީ ނަސާރާ ބައިމަދު މީހުންނެވެ. މިމީހުންނަކީ އެކި އަޞްލުތަކާއި އެކި ސަރަހައްދުގެ އަސްލު ވަޒަންވެރިންގެ ގުރޫޕްތަކަށް ނިސްބަތްވާ ބަޔެކެވެ. އެމީހުން ދުވަސް ފާހަގަ ކޮށްފައި ވަނީ މަޝްވަރާތަކާއި، ރެލީތަކާއި، ސަގާފީ ހަރަކާތްތައް ރާވައި، ފައްޅިތަކުގައި މި ދުވަސް ފާހަގަކޮ ކުރުމަށެވެ. އެމީހުން ބުނަނީ ފައްޅިއަކީ އެމީހުންގެ ހައްގަށް މަސައްކަތް ކުރާ ފަރާތެއް ނޫން ކަމަށެވެ.
ބަންގްލަދޭޝް އިންޑިޖެނަސް ފޯރަމްގެ ޖެނެރަލް ސެކްރެޓަރީ އަދި އިންސާނީ ޙައްޤުތަކަށް މަސައްކަތް ކުރާ ސަންޖީބް ޑްރޮންގް ފާހަގަކުރެއްވި ގޮތުގައި، ބަނގްލަދޭޝްގެ އެކި ހިސާބުތަކުގައި ހަތަރު މިލިއަނަށްވުރެ ގިނަ އަޞްލު ވަޒަންވެރިން ދިރިއުޅެމުންދާއިރު، އެމީހުންގެ ބަހާއި، އައިޑެންޓިޓީއާއި، ބިމާއި ސަގާފަތް ރައްކާތެރިކުރުމަށްޓަކައި ދައުލަތުން ޤާނޫނުއަސާސީގެ ރައްކާތެރުކަން ދޭންޖެހޭނެ ކަމަށެވެ.
އދ. ގެ ޢާންމު މަޖިލީހުން ޑިސެމްބަރު 23، 1994 ގައި ވަނީ އޯގަސްޓް 9 ވަނަ ދުވަހަކީ ދުނިޔޭގެ އަސްލު ވަޒަންވެރިންގެ ބައިނަލްއަޤްވާމީ ދުވަސް ކަމުގައި ކަނޑައަޅާފައެވެ.






