ފަލަސްޠީނުގެ މީހަކު އެނދެއްގައި ބަނދެ، އަނިޔާކޮށް ފޮޓޯނެގި ޔަހޫދީ ޖެނޮސައިޑް ސިފައިންގެ މީހުންނަށް ފަސް ދުވަހުގެ އަސްކަރީ ޖަލު ޙުކުމެއް ކަނޑައަޅައިފިއެވެ. އެއާއެކު އޮފިސަރަކަށް އިންޒާރުދީ، އަނެއް އޮފިސަރުގެ މަޤާމުގެ ކުރިއެރުން ކެންސަލްކޮށްފައި ވެއެވެ.
އިސްރާއީލުގެ ބްރޯޑްކާސްޓިންގ ކޯޕަރޭޝަނުން ހާމަކޮށްފައިވާ ގޮތުގައި، މިދިޔަ ޖޫން މަހު ޣައްޒާގެ އުތުރުގައި ޔަހޫދީ ޖެނޮސައިޑް ފޯސްއިން ހިންގާފައިވާ މި ޙާދިސާއާ ގުޅިގެން އިސްރާއީލު ސިފައިން ހިންގި ތަޙުޤީޤު ނިމިގެންދިޔައީ މި ލުއި ފިޔަވަޅުތަކާއެކުގައެވެ.
މި ޙާދިސާ ފެށުނީ ފަލަސްޠީނުގެ މީހަކު ހިނގާފައިގޮސް އިސްރާއީލު ސިފައިންގެ ކޭމްޕަކާ ކައިރިވުމުންނެވެ. އެ ހިނދު ޔަހޫދީ ސިފައިން އޭނާ ހައްޔަރުކޮށް، އަސްކަރީ މަރުކަޒަކަށް ގެންދިޔައެވެ.
އެ ތަނުގައި އެ މީހާގެ ކަނު ބަނދެ، ބިޑި އަޅުވައި، ފަށަކުން އެނދެއްގައި ބަނދެ އޮރިޔާން ކޮށްގެން އަނިޔާ ކުރި އެވެ. އަދި އެމީހުންގެ އަނިޔާ ކުރާ މަންޒަރު ވީޑިއޯކޮށް ފޮޓޯނަގައި އެ ފޮޓޯތައް މީސްމީޑިއާގައި ހިއްސާ ކުރިއެވެ.
ތަޙުޤީޤަށްފަހު އިސްރާއީލު ސިފައިން ބުނެފައިވަނީ ސިފައިންގެ ޢަމަލުތައް ހުރީ "ސިފައިންގެ އުސޫލާ ޚިލާފަށް" ކަމަށެވެ. އަދި މިކަމުގައި ޝާމިލުވާ 5 އޮފިސަރުންނާއި ސިފައިންނާ މެދު އަދަބުދިނުމުގެ ފިޔަވަޅުތައް އަޅާފައިވެއެވެ.







