ޖަރުމަން ކަނާތު ފިޔައިގެ ޕާޓީން އުޅެނީ ނަސްލު ސާފުކޮށްލަން ކަމަށް ބުނޭ

ޖަރުމަނުގެ ޗާންސެލަރ ފްރެޑްރިކް މަރްޓްސް، އެ ޤައުމުގެ ހައްދުފަހަނައެޅި ކަނާތު ފިޔައިގެ 'އޯލްޓަނޭޓިވް ފޯރ ޖާމަނީ' (އޭ.އެފް.ޑީ) ޕާޓީން ހިޖުރަކުރުމާ ގުޅޭގޮތުން ގެންގުޅޭ ސިޔާސަތުތަކަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެއްޖެއެވެ. ޖަރުމަނުގެ ޤާނޫނު ހަދާ މަޖިލީހުގައި ވާހަކަދައްކަވަމުން އޭނާ ވިދާޅުވީ، އެ ޕާޓީން ކުރިއަށް ނެރެމުންދާ ހިޖުރަވެރިން ޖަރުމަނުން އަނބުރާ ފޮނުވާލުމުގެ ސިޔާސަތަކީ މީހުންގެ ދަރި ފަސްކޮޅުގެ އަސްލަށާއި ނަސްލަށް ބަލައިގެން ހިންގާ ނަސްލު ސާފުކުރުމުގެ ޢަމަލެއް ކަމަށެވެ.

ޖަރުމަނުގެ ސިޔާސީ ލީޑަރުން ހަރުކަށި ކަނާތު ފިޔައިގެ ޕާޓީގެ ކާމިޔާބީއާ މެދު ނުތަނަވަސްވެފައި ތިއްބައި އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް، ޖަރުމަނުގެ ލޯކަލް އިންތިޚާބުގައި އޭޑިއެފްޑީއަށް ލިބުނު ކާމިޔާބީއަށް ތަޢުރީފުކުރެއްވުމާ ގުޅިގެން، ޖަރުމަން ޗާންސެލަރ މަރްޓްސް ވަނީ ޓްރަމްޕާ ފޯނުން ވާހަކަ ދެއްކުމަށް ހަމަޖައްސާފައި އޮތް ފޯނު ކޯލު ކުރިއަށް ނުގެންދަވާ ގޮތަށް ނިންމަވާފައެވެ.

ޖަރުމަންގެ އިރުމަތީގެ ސަރަހައްދެއް ކަމަށްވާ ސެކްސަނީގައި ބޭއްވި ލޯކަލް އިންތިޚާބުގައި އޭއެފްޑީ ޕާޓީން ހޯދި ކާމިޔާބީއަކީ ޑިމޮކްރެސީއަށް އޮތް ބިރެއްގެ ގޮތުގައި މަރްޓްސް ސިފަކުރައްވައެވެ. މީގެ ކުރިންވެސް ނަސްލީ ތަފާތުކުރުމުގެ ވިސްނުންތައް ގެންގުޅޭ ކަމަށް ތުހުމަތުކުރެވިފައިވާ މި ޕާޓީގެ ސިޔާސަތުތަކުގެ ސަބަބުން ޖަރުމަނުގެ އިޖުތިމާޢީ އެއްބައިވަންތަކަމަށް ނުރައްކާތަކެއް ކުރިމަތިވެދާނެ ކަމުގެ އިންޒާރު ސިޔާސީ ފަރާތްތަކުން ދަނީ ދެމުންނެވެ.

މި ހާދިސާއާ ގުޅިގެން ޔޫރަޕްގެ އެހެން ޤައުމުތަކުގެ ވެރިންގެ މެދުގައިވެސް ކަންބޮޑުވުންތައް އިތުރުވެފައި ވެއެވެ. ހައްދުފަހަނައެޅި ފިކުރުތައް ފެތުރުން ޔޫރަޕްގައި ހުއްޓުވުމަށް ޤާނޫނީ ފިޔަވަޅުތައް ވަރުގަދަކުރުމަށް ގޮވާލަމުންދެއެވެ.

ޔޫރަޕަކީ ނަސްލީ ތަފާތުކުރުމުގެ ފިކުރު އާލާވުމަށް ފައްކާ ބައްރެކެވެ. އިންސާނުން ބަންދުކޮށް އިންސާނުންގެ ޖަނަވާރު ބަގީޗާވެސް ޔޫރަޕްގައި ހަދާފައި ވެއެވެ.، އަދި ނާޒީން ވެރިކަމަށް ގެނަސް ޖެނޮސައިޑް ވެސް ހިންގާފައި ވެއެވެ.

ހިއްސާ ކުރައްވާ!