ރަޝިޔާގެ ރައީސް ޕޫޓިން، އީރާނުގެ ޤައުމީ ސަލާމަތީ މަޖިލީހުގެ ސެކްރެޓަރީ އަދި ސިފައިންގެ އިސް ޖެނެރަލް މުޙުސިން ރަޟާއީއާ ކްރެމްލިންގައި ބައްދަލުކުރައްވައިފިއެވެ. މޮސްކޯއަށް ކުރައްވަމުންދާ ދަތުރުފުޅެއްގެ ތެރެއިން ބޭއްވިު މި ބައްދަލުވުމުގައި، އީރާނުގެ ލީޑަރު މުޖުތަބާ ޚާމަނާއީގެ ޚާއްސަ ސިޓީފުޅެއް ރަޝިޔާގެ ރައީސަށް ވަނީ އަރުވާފައެވެ.
މި ބައްދަލުވުމުގެ ކުރިން، ނޮވެންބަރު 2 ވަނަ ދުވަހު ރައީސް ޕޫޓިން އާއި ރަޟާއީ ވަނީ ފޯނުން ގުޅުއްވައި، މެދުއިރުމައްޗާއި ހުޅަނގު އޭޝިއާގެ މަސްރަހުގައި ހިނގަމުންދާ އެންމެ ފަހުގެ ކަންކަމާ މެދު މަޝްވަރާކުރައްވާފައެވެ. އެ ފޯނު ކޯލުގައި ރަޟާއީ ވަނީ ތެހެރާނަށް ރަޝިޔާއިން ދެމުންދާ އެއްބާރުލުމާއި ތާޢީދަށްޓަކައި ޕޫޓިންއަށް ޝުކުރު އަދާކުރައްވާފައެވެ. އަދި ދެ ޤައުމުގެ ލީޑަރުން ކަނޑައަޅުއްވާފައިވާ ސްޓްރެޓެޖީ ރޯޑްމެޕާ އެއްގޮތަށް، ގުޅުން އިތުރަށް ވަރުގަދަކުރުމަށް ދެފަރާތުން ވަނީ އެއްބަސްވެފައެވެ.





