ޗައިނާއިން ބިނާ ކުރާ ޑޭމް އިން ބޮޑެތި ކާރިސާތަކާ ކުރިމަތިވާނެ ކަމަށް ބުނެފި

ޗައިނާއިން ބްރަހަމަޕޫތުރާ ކޯރުގައި ތަރައްޤީކުރުމަށް ހުށަހަޅާފައިވާ މާސިންގާ ބޮޑު ޑޭމް މަޝްރޫޢުގެ ސަބަބުން ޓިބެޓު މީހުންގެ ޙަޒާރާ ނެތި ހިނގައިދާނެ ކަމުގެ އިންޒާރު ޓިބެޓު މީހުން ދޭން ފަށައިފިއެވެ.

ޓިބެޓުން ބޭރުގައި ތިބޭ ޗައިނާއާ ދެކޮޅު މީހުން ވަނީ  މި ޑެމްއާ ދެކޮޅަށް ކެމްޕޭނެއް ފަށާފައެވެ. އެމީހުން ބުނަނީ މި ޑޭމް ހެދުމުގެ ސަބަބުން "ކޯރުތަކުގެ ފެން ދައުރު ކުރުމުގެ ނިޒާމަށް ބޮޑެތި ބަދަލުތައް އައިސް، ތިމާވެށްޓަށް އިސްތިރާޖީ އަސަރުތަކެއް ކުރާނެ" ކަމަށެވެ.

އޭގެ އިތުރުން އެމީހުން ވަނީ ޑޭމް ހެދުމަށް ބޮޑު ސަރަހައްދަކުން ޓިބެޓު މީހުން ހުސްކޮށްލާތީ އެތަންތާނގެ ދިރިއުޅުން ނެތިގެން ދާނެ ކަމަށްވެސް ބުނެފައެވެ.

ޓިބެޓުގެ ޕްލެޓޫގައި މި ޑޭމް ހަދަން ފެށުމުން، ބިންހެލުމުގެ ޙަރަކާތްތަކަށް އިތުރު ވާނެ ކަމަށްވެސް ސިޔާސީ ހިމާޔަތުގައި ޓިބެޓުން ބޭރުގައި ގާއިމް ކޮށްފައިވާ ސަރުކާރުގެ މީހުން ބުނެއެވެ.

ނާސާއިންވެސް ބުނެފައި ވަނީ ޗައިނާއިން ބިނާ ކުރަން އުޅޭ ޑޭމް ބިނާ ކުރުމުން ދުނިޔެ ވަށައި ޖެހުމަށްވެސް އަސަރުތަކެއް ކުރާނެ ކަމަށެވެ. "ފަހަކަށް އައިސް ޓިބެޓުގެ ޑިންގްރީ ސަރަހައްދަށް އައި ވީރާނާކުރަނިވި ބިންހެލުމަކީ މުސްތަޤުބަލުގައި ކުރިމަތިވެދާނެ ޤުދުރަތީ ކާރިސާތަކުގެ ނުރައްކާތެރިކަމަށް ދޭ އިންޒާރެއް" ކަމަށްވެސް އެފަރާތްތަކުން ބުނެއެވެ.

ހިއްސާ ކުރައްވާ!