ޗައިނާގެ ކަނޑުގެ ސިފައިން ހަލުވިކަމާއެކު ބާރުގަދަ ވުމުގެ ސަބަބުން އިންޑޯ-ޕެސިފިކްގެ ބާރުގެ ބެލެންސް ވަނީ އަލުން ބައްޓަން ކުރަން ޖެހިފައެވެ. މިދިޔަ 10 އަހަރު ދުވަހުގެ ތެރޭގައި ޕީޕަލްސް ލިބަރޭޝަން އާމީ ނޭވީ ވަނީ އައްސޭރިފަށުގެ ދިފާއީ ބާރަކުން މާކަނޑުގައި ހަރަކާތްތެރިވާ ނޭވީއަކަށް ބޮޑުވެ، ކުރިން ނުފެންނަ ބާރުމިނެއްގައި މަތިންދާބޯޓު އުފުލާ މަނަވަރުތަކާއި ނިއުކްލިއާ ސަބްމެރިންތަކާއި ކުރިއަރާފައިވާ ޑިސްޓްރޯޔަރުތައް ހިމެނޭ ބާރަކަށް ވެގެން ގޮސްފައެވެ.
ޗައިނާގެ މަނަވަރުތަކަށް ދިމާވާ ބާރުގެ ގޮންޖެހުންތަކެއް ވެސް ހިމެނެއެވެ.
އެމެރިކާގެ ކަނޑުގެ ސިފައިންގެ ބާރާއި ކުއާޑްގެ އެހެން ބާރުތަކާ ހިލާފަށް ޗައިނާގެ ކަނޑުގެ ސިފައިންނަކީ، ހަނގުރާމައިގެ ތަޖުރިބާ މަދު ބަޔެކެވެ.
ޗައިނާ ސިފައިން ހިނގި އެންމެ ފަހުގެ މުހިންމު ކަނޑުގެ ހަނގުރާމައަކީ 1979 ވަނަ އަހަރު ހިނގި ކުރު ނަމަވެސް ޗައިނާއާއި ވިއެޓްނާމް ގެ ކަނޑުމަތީ ހަނގުރާމައެވެ. ޗައިނާ ނޭވީއަށް މިފަދަ އަޖުމަ ބަލާލުމުގެ ޓެސްޓެއް ކުރެވިފައި ނެތުމުން، ހައި އިންޓެންސިޓީ ކޮންފްލިކްޓެއްގައި ޗައިނާ ނޭވީ ޕާފޯމް ކުރާނެ ގޮތާމެދު ޝައްކު އުފެދެ އެވެ.
ޗައިނާއިން އާންމު ގޮތެއްގައި ކަނޑުގެ ސިފައިންގެ ކުޅަދާނަކަން ދައްކާލަނީ ދެކުނު ޗައިނާ ކަނޑުގައި ބޮޑެތި ތަމްރީނުތަކުގެ ތެރެއިންނެވެ. ނަމަވެސް މި ޑްރިލްތަކަކީ ގިނަ ފަހަރަށް ވަރަށް ބޮޑަށް ރޭވިފައިވާ ތަމްރީނުތަކެކެވެ. އަދި މިއީ ލަފާނުކުރެވޭ، ސްކްރިޕްޓް ނުކުރެވޭ ކޮމްބަޓް މައިދާނުގެ ހާލަތަކަށް ވުރެ، ރޭވިފައިވާ އަދި ސްކްރިޕްޓް ކުރެވިފައިވާ ތަމްރީނު ތަކެކެވެ. ޗައިނާ ސިފައިންގެ ބާރު އަސްލުގައި ބަލާނުލެވި، ހަގީގީ ހަނގުރާމައިގެ އުދަގޫ މައިދާނަކަށް ތައްޔާރު ނުވުމުގެ ނުރައްކާ ޗައިނާ ސިފައިންނަށް އެބައޮތެވެ.
ޗައިނާގެ ކަނޑުގެ ސިފައިންގެ އުޅަނދުތައް ގިނަވެ ބޮޑު ބާރެއްގެ ގޮތުގައި ފެނުނަސް، އަނެއް ބަލިކަށި ބަޔަކީ، ޓެކްނޮލޮޖީ އެވެ. ޗައިނާ ސިފައިންނަށް މެކޭނިކަލް ސާމާނުތައް ފެއިލްވުމުގެ ރިޕޯޓްތަކުން މުހިއްމު ނިޒާމުތަކުގެ އިތުބާރާ މެދު ޝައްކު އުފެދެ އެވެ.
ޓެކްނޮލޮޖީގެ ކުރިއެރުމެއްގެ ގޮތުގައި ޗައިނާއިން ދައްކާ ޓައިޕް 055 ޑިސްޓްރޯޔަރގެ ބުރަފަތި އެނބުރުމުގެ މައްސަލަތަކެއްވެސް ފާހަގަ ވެގެން ދިޔައެވެ.
ޗައިނާގެ މަތިންދާބޯޓު އުފުލާ މަނަވަރު ކަމަށްވާ ލިއައޮނިންގް އާއި ޝަންޑޮންގް އަށް ވަނީ ކެރިއަރ ސްޓްރައިކް ކެޕޭސިޓީތައް ތަރައްގީ ކުރުމަށް އުނދަގޫތަކެއް ކުރިމަތިވެފަ އެވެ. އަދި 2024 ވަނަ އަހަރުގެ މެދުތެރޭގައި ވޫހާން ކައިރީގައި އޮންނަ ވުޗަންގް ޝިޕްޔާޑްގައި ހިނގި ކާރިސާ އެކްސިޑެންޓެއްގައި ޗައިނާގެ އެންމެ ފަހުގެ ނިއުކްލިއާ ހަމަލާ ދޭ ސަބްމެރިން ބަނުމުގެ ތެރޭގައި ފެތިގެން ދިޔައެވެ. އެއާއެކު، ޗައިނާގެ ދިފާއީ ސިނާއަތުގައި ސަލާމަތާއި ބެލެހެއްޓުމާ މެދު ސުއާލުތައް އުފެދުނެވެ.
ޗައިނާގެ ސަބްމެރިން ހާދިސާއާ ގުޅިގެން ބައިނަލްއަގްވާމީ ފާޑުކިޔުންތައް އަމާޒުވިއެވެ. ސެޓެލައިޓް ގެ ފޮޓޯތަކުން ފެނު މަންޒަރުތަކާއެކު ރޭޑިއޭޝަންގެ ނުރައްކަލާއި ބޯޓުގައި ތިބި ފަޅުވެރިންގެ ހާލަތާ މެދު ޝައްކުތައް އުފެދުނެވެ. ޗައިނާއިން މިކަމާ ގުޅިގެން އެއްޗެއް ނުބުނެއެވެ.
ނަމަވެސް ހުޅަނގުގެ ތަހުލީލު ކުރާ ފަރާތްތަކުން ދެކެނީ މި ހާދިސާއަކީ ޗައިނާގެ ނޭވީގެ އޮޕަރޭޝަނަލް ގާބިލުކަމަށް ބުރޫއަރާނެ ކޮލިޓީ ކޮންޓްރޯލް މައްސަލަތަކެއްގެ ރަމްޒެއްގެ ގޮތުގަ އެވެ.




