ބަންޑާރަ ނާއިބް އަލީ ޙުސައިންއަށް ަރއްދު ދެއްވައިފި

ބަންޑާރަ ނާއިބް އަހުމަދު އުޝާމު ވަނީ ގާނޫނީ ވަކީލު ޢަލީ ހުސައިންއަށް އިތުރުފުޅު ނުހެއްދެވުމަށް އިލްތިމާސް ކުރައްވާފައެވެ.

ޢަލީ ޙުސައިން އެކްސްގައި ކުތެއްވި ޕޯސްޓަކަށް ރައްދު ދެއްވަމުން އުޝާމު ވިދާޅުވިއެވެ.

"ތިކުރާ ކަންތައްތަކަކީ ކޮންމެ ސަބަބަކާ ގުޅިގެން ކުރާ ކަންތަކެއް ނަމަވެސް ފާޅުގަ ފެންނަން ހުންނަ ކަންކަމުގަވެސް ތިވަރަށް ދޮގު ހަދައި އޮޅުވާލުމަކީ ތިމާމީހާގެ ނިޔަތް ސާފުވެގެންދާ ކަމެއް. ތިޔަބުނާ މައްސަލާގައި ސުޕްރީމް ކޯޓުން ދެއްވާފައިވަނީ ރަސްމީ 10 ދުވަހުގެ މުއްދަތެއް. އަދި އެމުއްދަތުގެ ތެރޭގައި އޭޖީ އޮފީހުން ކުރަންޖެހޭ ކަންކަން ވާނީ ކޮށްފައި."

ދައުލަތުގެ ބަންޑާރަ ނައިބު ދިވެހި ރާއްޖޭގެ ސުޕްރީމް ކޯޓުގެ ހުރުމަތް ކަނޑާލާފައިވާތީ އެ މައްސަލަ މިއަދު ސުޕްރީމް ކޯޓަށް ހުށައަޅައިފި ކަމަށް ޤާނޫނީ ވަކީލު އަދި ކުރީގެ މެމްބަރު ޢަލީ ޙުސައިން ވަނީ އެކްސްގައި އިއުލާން ކުރައްވާފައެވެ. އޭނާވަނީ އެކްސްގައި އޭނާ އުއްތަމަ ފަނޑިޔާރަށް ފޮނުއްވި ސިޓީވެސް ހިމަނުއްވާފައެވެ.

އުޝާމު ދެއްވި ރައްދުގައި އޭނާ އިތުރަށް ވިދާޅުވެފައި ވަނީ، "އެމުއްދަތު ހަމަވަނީ 28 ފެބްރުއަރީ 2025 އަކަށްނޫން. ރަސްމީ ދުވަސް ގުނަންޖެހޭ ގޮތް އަޅުގަނޑު ކިޔައިނުދިނަސް އެނގޭނެކަމަށް ދެކެން. މިބަރަކާތްތެރި ރަމަޟާން މަހު ތިޔަފަދަ ދޮގު ވާހަކަތައް ފަތުރައި، ފިތުނަފަސާދަ އުފެއްދުމަށް މަސައްކަތްކުރުމުގެ ބަދަލުގައި ކޮންމެވެސް ހެޔޮ އަމަލެއް ކުރުމުގައި ޝާމިލްވުމަށް ނަސޭހަތްތެރިވަން.." އުޝާމް ވަނީ ޢަލީ އަހުސައިންއަށް ރަމަޟާން މުބާރިކަކުން އޭނާގެ ޕޯސްޓު ނިންމަވާލައްވާފައެވެ.

ހިއްސާ ކުރައްވާ!