ކުރުސީގެ ހަގީގަތް އެނގިވަޑައިގަންނަވާ ކަމަށް ރަޝިޔާ ސަފިރު ވިދާޅުވޭ

ރާއްޖެއަށް ކަނޑައަޅާފައިވާ ސަފީރު ލީވާން ޑަގާރިއަން ވިދާޅުވަނީ ހަސަން ކުރުސީއަކީ ކާކުކަން އެނގިވަޑައިގަންނަވާ ކަމަށެވެ. ސަފީރު ޑަގާރިއާން އެވާހަކަ ވިދާޅުވެފައި ވަނީ ރަޝިޔާގެ އެމްބަސީން ކޮށްފައިވާ ޓުއީޓެއްގައެވެ.

މީސްމީޑިއާގައި ވާހަކަ އުފައްދާ ކުރުސީ ވަނީ، ރަޝިޔާއިން ރާއްޖެ މަގުން، ވަގަށް އެރޯފްލޮޓް މެދުވެރިކޮށް، ސެމީކޮންޑަކްޓަރ ބޭރުކުރަނީ ކަމަށް ބުނެ ޓުއީޓު ކޮށްފައެވެ. އަދި އޭނާ ވަނީ އެ ޓުއީޓުގައި ރާއްޖޭގައި ހުންނަވާ އެމެރިކާ ހޫގޯ ސަފީރުވެސް އަޅުވާފައެވެ.

ކުރުސީ ވަނީ ރައީސްގެ ޓުއިޓާ ހެންޑްލް އަޅުވައި މިކަމުގައި ސަރުކާރުގެ ސީދާ އަތެއް ކޮށްކަމަށް ދައްކަން ވެސް އުޅެފައެވެ.

ކޮމްޕިއުޓަރ ޗިޕްތަކަކީ އެމެރިކާއިން އަޅާފައިވާ ދަތިކުރުމުގެ ފިޔަވަޅުތަކާ ހެދި ރަޝިޔާއަށް އެކްސްޕޯޓު ކުރުން މަނާ ކޮށްފައިވާ ބާވަތެކެވެ.

ސަފީރު ޑަގާރިއަން ވިދާޅުވަނީ ކުރުސީގެ މި ތުހުމަތުތައް ޝާއިއުކުރުމުގެ މަގްސަދަކީ، ރަޝިޔާއާއި ރާއްޖެއާ ދޭތެރެ ޖެއްސުމެވެ.

ކުރުސީއަކީ ކާކުކަން އެނގޭ ކަމަށްވެސް ވިދާޅުވިއެވެ. "ކުރިން ސަރުކާރުގައި އުޅެފައިވާ، މިހާރު ޔޫރަޕްގައި ފިލާހުރި، މަތީ ފެންވަރުގެ ސިޔާސީ މީހަކު، އުޅޭކަން އަހުރަމެންނަށް ނިކަން ސާފެވެ." ޑަގާރިއަންގެ ޓުއީޓް ނިންމަވާލައްވަމުން ވިދާޅުވިއެވެ.

ހިއްސާ ކުރައްވާ!