އިންޑިއާ ސަރުކާރުން ދިވެހި ސަރުކާރަށް 50 މިލިއަން ޑޮލަރުގެ ބަޖެޓް ސަޕޯޓްގެ އެހީތެރިކަން ދީފިއެވެ. މި އެހީއަކީ ސްޓޭޓް ބޭންކް އޮފް އިންޑިއާ (އެސްބީއައި) މެދުވެރިކވެރިކޮށް ނަގާފައިވާ 50 މިލިއަން ޑޮލަރުގެ ޓްރެޜަރީ ބިލު ދެއްކުމުގެ މުއްދަތު އިތުރު އަހަރަކަށް އިތުރުކޮށްދިނުމުގެ ގޮތުން ދެއްވާފައިވާ އެހީއެކެވެ.
މިނިސްޓްރީ އޮފް ފޮރިން އެފެއާޒުން މިއަދު ބުނެފައިވަނީ، މި އެހީގެ ސަބަބުން ދިވެހި ސަރުކާރުން ކުރަމުން އަންނަ ފިސްކަލް ރިފޯމްގެ މަސައްކަތްތަކަށް ބޮޑު ލުޔެއް ލިބިގެންދާނެ ކަމަށެވެ. އަދި މި ދީލަތި އެހީއިން އިންޑިއާ ސަރުކާރާއި ދިވެހި ސަރުކާރާ ދެމެދު ޒަމާނުއްސުރެ އޮންނަ ގާތް ރަޚްމަތްތެރިކަމުގެ ގުޅުން ހާމަކޮށްދޭ ކަމަށްވެސް ބަޔާނުގައި ބުނެފައިވެއެވެ.
މި އެހީގެ ސަބަބުން ސަރުކާރުގެ ބަޖެޓަށް ކުރިމަތިވެފައިވާ ގޮންޖެހުންތަކަށް ހައްލެއް ލިބި، ރައްޔިތުންގެ ލާބައަށް މަޝްރޫޢުތައް ހިންގުމަށް މަގުފަހިވެގެންދާނެއެވެ.
ދިވެހިރާއްޖެއާއި އިންޑިއާއާ ދެމެދު އޮތް ގުޅުން ވަނީ ރައީސް ޑރ، މުޢިއްޒުގެ ރިއާސަތުގައި ހަރުދަނާ ވެގެން ގޮސްފައެވެ.




