ޕޫޓިންއާ ޒެލެންސްކީ ބައްދަލު ކުރަނީ

ކިއެވް އާއި މޮސްކޯއާ ދެމެދު ސީދާ މަޝްވަރާތައް ފެށުމަށް ރަޝިޔާގެ ރައީސް ހުށަހެޅުއްވުމާ ގުޅިގެން ޔޫކްރޭންގެ ރައީސް ވޮލޮޑިމިއާ ޒެލެންސްކީ ވަނީ ރަޝިޔާގެ ރައީސް ވްލަޑިމިއާ ޕޫޓިންއާ ބުރާސްފަތި ދުވަހު އިސްތަންބޫލުގައި ބައްދަލު ކުރުމުގެ ޝައުގުވެރިކަން އޮތް ކަމަށް ބުނެފައެވެ.

ޔޫކްރޭންގެ ރައީސް ޓްވިޓާގައި ލިޔެފައި ވަނީ ޑިޕްލޮމެސީއަށް ބޭނުންވާ މަގު ކޮށައި ދިނުމަށްޓަކައި މާދަމާއިން ފެށިގެން ފުރިހަމަ އަދި ދާއިމީ ހަނގުރާމަ ހުއްޓާލުމެއް ކުރިއަށް ގެންދާނެ ކަމަށް ލަފާ ކުރާ ކަމަށެވެ.

ހިއްސާ ކުރައްވާ!