ސުޕްރީމް ކޯޓުގެ ފަނޑިޔާރު ކަމުގެ މަޤާމަށް 12 ބޭފުޅުން ކުރިމަތި ލައްވައިފިއެވެ. މަގާމަށް ކުރިމަތިލުމަށް ހުޅުވައިލީ މި މަހު 17 ގައެވެ.
ސުޕްރީމް ކޯޓުން ހުސްވެފައިވާ، 2 މަގާމަށް ކުރިމަތި ލެއްވި ބޭފުޅުންގެ ތެރޭގައި:
ހައިކޯޓުގެ އިސްފަނޑިޔާރު މުހައްމަދު ފައިސަލް،
ސުޕްރީމް ކޯޓުގެ ކުރީގެ ފަނޑިޔާރު އަދި ޓެކްސް އެޕީލް ޓްރައިބިއުނަލްގެ މިހާރު ރައީސް އަބްދުލްޣަނީ މުހައްމަދު.
ހައިކޯޓު ފަނޑިޔާރު މުހައްމަދު ސަލީމް،
ހައިކޯޓުގެ ކުރީގެ ފަނޑިޔާރު އަބްދުﷲ ހަމީދު،
ހައިކޯޓުގެ ކުރީގެ އިސްފަނޑިޔާރު ޝުޖާއު އުސްމާން
ކުރިމިނަލް ކޯޓުގެ ކުރީގެ އިސް ގާޒީ އަޙުމަދު ހައިލަމް،
ކުރީގެ މެޖިސްޓްރޭޓު މުހައްމަދު ރާޣިބް އަހުމަދު،
ކުރީގެ ޑެޕިއުޓީ ޕްރޮސިކިއުޓާ ޖެނެރަލް އަދި ސިވިލް ކޯޓުގެ ގާޒީ މަރްޔަމް ނިހާޔަތު،
ކުރީގެ އެސިސްޓެންޓް ޕީޖީ އައިޝަތު ފަޒްނާ އަހުމަދު،
ރައްޔިތުންގެ މަޖިލިހުގެ ކުރީގެ މެމްބަރު އަދ ގާނޫނީ ވަކީލު މުހައްމަދު ވަހީދު އިބްރާހިމް (ވައްޑޭ)،
ގާނޫނީ ވަކީލް އިބްރާހިމް އަލީ،
ގާނޫނީ ވަކީލް މުޙައްމަދު އިބްރާހިމް، ހިމެނެއެވެ.



