އިންސްޓަގްރާމުން ފޮލޯވަރުން ގެއްލުމުން ބަދަލު ހޯދުމަށް ދައުވާ ކޮށްފި

ގޭގެ މަސައްކަތް ކުރުމަށް ފިރިމީހާ ބާރު އެޅުމުގެ ސަބަބުން އިންސްޓަގްރާމާ އަޅާ ނެލެވުމުން ފޮލޯވަރުން ގެއްލުމުން އަންހެނަކު އޭނާގެ ފިރިމީހާއާ ދެކޮޅަށް ދައުވާ ކޮށްފިއެވެ. މިކަން ހިނގީ އިންޑިއާގެ އުއްތަރަ ޕްރަދޭޝް ސްޓޭޓު ގައެވެ. ގެވެހި މަސައްކަތުގައި އުޅުމުން އަންހެން މީހާއަށް ގެއްލުނީ އެންމެ ދެ ފޮލޯވަރުންނެވެ.

މި އަންހެންމީހާ ބުނާ ގޮތުގައި "ގޭ ސާފުކުރުމާއި ތަށި ދޮވުމުގައި ވަގުތު ބޭކާރު ކުރުމުން ވީޑިއޯ ޕޯސްޓް ނުކުރެވޭ އަދި އަހަރެންގެ ސަމާލުކަން ގެއްލިގެން ދިޔައީ. އެހެންވެ އަހަރެންގެ ދެ ފޮލޯވަރުން އަހަރެން އަންފޮލޯ ކުރީ ފިރިމީހާގެ ސަބަބުން" ކަމަށެވެ.

އަނބިމީހާ ވަނީ މާލީ ބަދަލެއް ހޯދުމަށް ދައުވާކޮށް ފައެވެ. ކޯޓުން މިހާރު ދަނީ އެ މައްސަލަ ބަލަމުންނެވެ.

ހިއްސާ ކުރައްވާ!