ޖޯޑަންގެ ޒުވާނަކު 18 އަހަރު ވަންދެން ފެން ނުބޮއެ އުޅޭ ކަމަށް ބުނާ ވީޑިއޯއެއް ޖޯޑަންގައި ވައިރަލް ވެއްޖެއެވެ. އިބްރާހިމް އަލްބަރާހްމާ ބުނަނީ އޭނާ ފެން ނުބޯތާ މިހާރު 18 އަހަރު ވެއްޖެ ކަމަށެވެ. ފެނާ އެއްކޮށްފައިވާ އެހެން ބުއިމެއް ބުއިމަކުން އޭނާއަށް އެއްވެސް އަސަރެއް ނުކުރާ ކަމަށް ބުނެއެވެ. އަދި އެ ވީޑިއޯގައި އޭނާ ކިޔައިދިން ގޮތުގައި ފެން ބުއިމުން ލޭގެ ޕްރެޝަރު ވަރަށް ބޮޑަށް ދަށްވެ ވަގުތުން ހޮސްޕިޓަލުގައި އެޑްމިޓް ކުރަން ޖެހެއެވެ. އޭނާގެ މި ސިއްހީ ހާލަތާ ގުޅޭ ގޮތުން ގިނަ ޑޮކްޓަރުންނާ މަޝްވަރާ ކުރި ނަމަވެސް މިހާތަނަށް އަދި އެއްވެސް ނަތީޖާއެއް ލިބިފައި ނުވާ ކަމަށް ބުނެއެވެ.






