ކެރިބިއަން ސަރަޙައްދުގެ ފަސް ގައުމަކުން މުއްސަނދި ބިދޭސީންނަށް ރަށްވެހިކަން ދޭން ހުށަހަޅައިފިއެވެ. މި ޑީލްގެ ދަށުން އެގައުމުތަކުގައި މުއްސަނދިން ގެދޮރަށް އިންވެސްޓްކުރާ ނަމަ ދެވަނަ ޕާސްޕޯޓެއް ލިބޭނެއެވެ.
އެ ގައުމުތަކަކީ: އެންޓިގުއާ އެންޑް ބާބިއުޑާ، ޑޮމިނިކާ ރިޕަބްލިކް، ގްރެނޭޑާ، ސެއިންޓް ކިޓްސް އެންޑް ނެވިސް، އަދި ސެއިންޓް ލޫސިއާ އެވެ. މި ގައުމުތަކަކީ އިންވެސްޓްކޮށްގެން ރައްޔިތުކަން ހޯދުމުގެ ޕްރޮގްރާމްތަކަށް މުޅި ދުނިޔޭގައި މަޝްހޫރުވެފައިވާ މަންޒިލްތަކެވެ.
މި ސްކީމްތަކުގައި ހަމަޖެހިފައި ވަނީ، ސަރުކާރުން ހުއްދަ ކޮށްފއިވާ ރިއަލް އެސްޓޭޓް ގަންނަ ފަރާތްތަކަށް ރަށްވެހިކަން ދޭ ގޮތަށެވެ. އިންވެސްޓު ކުރާ ފަރާތްތައް 200,000 އެމެރިކާ ޑޮލަރު އިން ފެށިގެން މަތީގެ އަދަދެއް އިންވެސްޓް ކުރަން ޖެހެއެވެ. އޭގެ ބަދަލުގައި، އިންވެސްޓް ކުރާ ފަރާތަށް ކެރިބިއަން ޕާސްޕޯޓެއް ދޫކުރެވޭނެއެވެ. މި ޕާސްޕޯޓުން ޔޫކޭ އާއި ޔޫރަޕިއަން ޔޫނިއަންގެ ޝެންގެން ސަރަޙައްދު ހިމެނޭގޮތަށް 150 އަށްވުރެ ގިނަ ޤައުމަކަށް ވީޒާ ނުލައި ވަދެވޭނެއެވެ.






